ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އެހީވެދިނުމަށް އެދެމުން އެޗްޕީއޭ އިން ބުނެފައި ވަނީ، ބަލި މީހުންނަށް ގޮވާލަން ދިއުމާއި ވިހައިގެން އުޅޭ މީހުންނަށް ޒިޔާރަތް ކުރާ ނަމަ ކޮވިޑް-19 އަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
https://twitter.com/HPA_MV/status/1376474379236700160
ކޮވިޑްގެ މި ހާލަތުގައި އަޅާފައިވާ ރައްކާތެރި ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. ނަމަވެސް ލިބިފައިވާ ލުއިތަކާއެކު ރައްކާތެރިވެ ތިބުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.
އެގޮތުން ގައިދުރުކަން ބެހެއްޓުމާއި އަތް ސާފު ކުރުމުގެ އިތުރުން، މާސްކު އެޅުމަކީ ވެކްސިން ޖެހި ކަމަށް ވިޔަސް، ހުއްޓާނުލާ ކުރުމަށް އެޗްޕީއޭއިން ބާރުއަޅާ ކަންކަމެކެވެ.
ރާއްޖޭގައި ވެސް ކޮވިޑް ވެކްސިން ޖަހަމުން އެބަ ދެއެވެ. ނަމަވެސް 18 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭ ގޮތަށް ބައެއް ފަރާތްތަކަށް ވެކްސިން ނުދެއެވެ. އެހެންކަމަށް ވާނަމަ، އެފަރާތްތަކުގެ ރައްކާތެރިކަމަށް އެހެން މީހުން ވިސްނަން ޖެހެއެވެ.
ވިހައިގެން އުޅޭ މީހުނަށް ޒިޔާރަތް ކުރާނަމަ، އެ ފަރާތްތަކުން ކޮވިޑަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެޗްޕީއޭއިން ބުނެފައި ވާއިރު ވިސްނަންވީ ކަމަކީ، އެ އުމުރުގެ ތުއްތު ކުދިންނަކީ ކޮވިޑް ދިފާއު ވެކްސިން ދެވޭނެ ކުދިން ނޫންކަމެވެ. އެހެންކަމުން ޒިޔާރަތް ކުރާ ފަރާތްތަކުގެ ޒަރިއްޔާއިން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެއެވެ.
ރާއްޖެއިން މިހާތަނަށް 23،524 މީހުން ކޮވިޑަށް ފައްސިވެފައި ވާއިރު، 2728 މީހުން މިހާރުވެސް ދަނީ މި ބައްޔަށް ފަރުވާ ކުރަމުންނެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މިހާރުވެސް 93 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަ ދެއެވެ. އަދި ރާއްޖެއިން މިހާތަނަށް 66 މީހަކު މި ބަލީގައި ދުނިޔެ ދޫކޮށްފައި ވެއެވެ.
ކޮވިޑުން ދިފާއު ވުމަށްޓަކައި ރާއްޖޭގައި ވެކްސިން ދެމުން އެބަ ދެއެވެ. އެގޮތުން ރާއްޖޭގައި މިހާރު ދެނީ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް