މޫސުމް ގޯސްވެ ބައެއް ރަށްރަށަށް ގެއްލުން ލިބުމާ ގުޅިގެން އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނީ

މިހާރު ރާޖެއަށް ކުރަމުންދާ ވިއްސާރައިގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ބައެއް ރަށްރަށަށް ގެއްލުން ލިބުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ފ...

29 Mar 2021 | 11:34

މިހާރު ރާޖެއަށް ކުރަމުންދާ ވިއްސާރައިގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ބައެއް ރަށްރަށަށް ގެއްލުން ލިބުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ފަށައިފިއެވެ.

މިގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ޏ.ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ބައެއް ރަށްރަށުގައި ގޭގޭގެ ފުރާޅު އެއްލާލުމާއި ފެން ބޮޑުވުމާއި ގަސްތައް ވެއްޓުންފަދަ ބައެއް ހާދިސާތައް މި ވިއްސާރައިގެ ސަބަބުން ވަނީ ހިގާފައެވެ.

ފުވައްމުލަކުގައި ފެން ބޮޑުވެގެން ބައެއް ގޭގެއަށް ފެންވަނާތީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ 89 ގެއެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްކޮށްފައެވެ. އަދި ވައިގަދަވެ 5 ގޯއްޗެއްގައި ހުރި ރުއް ވެއްޓުމާ ގުޅިގެން އެ ރުއް ނެގުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ 3 ރަށަކަށް މި ވިއްސާރައިގެ ސަބަބުން އެކި ގެއްލުންތައް ވެފައިވާއިރު ސ.ފޭދޫ 2 ގެއެއްގެ ފުރާޅު އެއްލާލުމާއި ގުޅިގެން ފުރާޅު މަރާމާތްކުރުމުގެ މަސައްކަތާއި އަދި އެގޭތަކުގައި ފެން ބޮޑުވުމާ ގުޅިގެން ވެލި ބަސްތޖެހުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ދަނީ ކުރަމުންނެވެ.

ހަމަ އެހެންމެ ސ. ހިތަދޫގެ ގެއްގެ ފުރާޅު އެއްލާލުމާއި ގުޅިގެން ފުރާޅު މަރާމާތު ކުރުމާއި 4 ގެއެއްގެ ގޯތިތެރޭގައި ހުރި ގަސްވެއްޓުމާ ގުޅިގެން ގަސް ނެގުމު މަސައްކަތުގެ އިތުރުން 2 ގެއަކަށް ފެން ވަންނަ ކަމުގެ ރިޕޯޓް ލިބިގެން އެ ގޭތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސަދަން އޭރިއާގެ ސިފައިން ކޮށްފައެވެ.

މީގެ އިތުރުން ވިއްސާރައާއި ގުޅިގެން ސ. މަރަދޫ ގެއެއްގެ ތެރޭގައި ހުރި ރުކެއް ވެއްޓުމާއި ގުޅިގެން އެ ރުއް ނެގުމުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްރަށަށް ގެއްލުންތައް ލިބުމާ ގުޅިގެން އެމްއެންޑީއެފް އޭރިއާތަކުގައި ތިއްބަވާ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް