މުއާގެ ދަރިފުޅަށް އައްޒަގެ ހިތުގައި އޮތް ލޯބި ދައްކާލައިފި

މުއާގެ ދަރިފުޅަށް އައްޒަގެ ހިތުގައި އޮތް ލޯބި ދައްކާލައިފިއެވެ. އައްޒަގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު އީތަން އަދި މުއާގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު ރޫބީ އާއެކު އައްޒަ އާއި މުއާ...

29 Mar 2021 | 09:21

މުއާގެ ދަރިފުޅަށް އައްޒަގެ ހިތުގައި އޮތް ލޯބި ދައްކާލައިފިއެވެ. އައްޒަގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު އީތަން އަދި މުއާގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު ރޫބީ އާއެކު އައްޒަ އާއި މުއާ އުފާވެރި ވަގުތުތަކެއް ހޭދަކުރެއެވެ.

އެގޮތުން އައްޒަގެ ގޭގައި މުއާގެ ދަރިފުޅު ރޫބީ ވަގުތު ހޭދަކުރމުން ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން އައްޒަ ބުނެފައި ވަނީ (ރޫބީދެކެ) ވަރަށް ލޯބިވާ ކަމަށެވެ.

މީގެ ކުރިންވެސް މުއާ އާއި އައްޒަ ވަނީ ދެމީހުންގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިންނާއެކު ދަތުރު ދިއުމާއި މޫދަށް ދިއުން ފަދަ ކަންކަމުގެ ތެރޭގައި އުޅޭ ފޮޓޯ އާއި ވީޑިއޯ، އެމީހުންގެ ފޭނުންވާ ހިއްސާކޮށްފައެވެ.

ދެމީހުންގެ ވެސް ކުރީގެ ކައިވެނި ރޫޅި، އަލުން އާ ޙަޔާތެއް ފަށައިގެން އެ ގުޅުމަށް އަހަރެއް ވެފައި ވާއިރު، މުއާ އާއި އައްޒަ ފާހަގަ ކުރެވެނީ ވަރަށް 'ލޯބި' ދެމަފިރިންގެ ގޮތުގައެވެ. އަދި ދޮން ދަރިންނަށް އަޅާލާ ލޯބި ދިނުމަށް އެމީހުން އިސްކަން ދެއެވެ. މީގެ އިތުރުންް، އާއިލީ ޙަފްލާތަކުގައި އެކުދިން ބައިވެރި ކުރެއެވެ.

އައްޒަގެ ގޭގައި މުއާއާއި އައްޒަ ދިރިއުޅެމުން ދާއިރު، އައްޒަ އާއެކު، ދަރިފުޅު އީތަން ދިރިއުޅެއެވެ. އަދި ވަރަށް ގިނައިން ރޫބީ (މުއާގެ ދަރިފުޅު) އައްޒަގެ ގެއަށް ގެންގޮސްގެން އުޅެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް