ކަނޑުގަދަވެ ނަގިލި ކަހާލައިގެން ތެޔޮ ބާޖެއް ފަރަކަށް ލައްވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ގަދަ ވުމުގެ ސަބަބުން މާލެ ކަރީގައި އަޅާފައި އޮތް 68 ފޫޓުގެ ތެޔޮ ބާޖެއް، ނަގަލި ކަހާލައިގެން ގޮސް ފޭދޫފިނޮޅު ކައިރީގައި އޮތް ފަރަކަށް ލައްވެއްޖެއެވެ. އެމްއެންޑީއެ...

29 Mar 2021 | 09:19

މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ގަދަ ވުމުގެ ސަބަބުން މާލެ ކަރީގައި އަޅާފައި އޮތް 68 ފޫޓުގެ ތެޔޮ ބާޖެއް، ނަގަލި ކަހާލައިގެން ގޮސް ފޭދޫފިނޮޅު ކައިރީގައި އޮތް ފަރަކަށް ލައްވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް ލައްވެފައި ވަނީ "ޓްރާން ސްފިއުލް - 9"ނަމަކަށް ކިޔާ ތެޔޮ ބާޖެއް ކަމަށެވެ.

މިއަދު މެންދުރު ފަހު 12:48 ހާއިރު މި ހާދިސާގެ ރިޕޯޓު ލިބުމާއެކު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ގޮސްފައެވެ.

މި ބާޖުގައި ދެ ބިދޭސީންގެ އިތުރުން ދިވެއްސަކު ތިބި ކަމަށް ސިފައިން މަޢުލޫމާތު ދެއެވެ.

މޫސުން ގޯސްވެ، ކަނޑު ގަދަވުމާ ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުން ދާ ކަމުގެ މައުލޫމާތު އެންއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އަށް ލިބެމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފް އިން އެދިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް