ރާއްޖެއިން ގަތް ވެކްސިންގެ ފުރަތަމަ އެއްލައްކަ ޑޯޒް ގެނެސްފި

އިންޑިއާގެ ސިރަމް އިންސިޓިޓިއުޓްއިން ގަނެފައިވާ "ކޮވިޝީލްޑް" ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް މިއަދު ރާއްޖެ ގެނެސްފިއެވެ. މިއީ ދިވެހިރާއްޖޭގެ ސިއްހީ ވުޒާރާ އާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައ...

29 Mar 2021 | 08:50

އިންޑިއާގެ ސިރަމް އިންސިޓިޓިއުޓްއިން ގަނެފައިވާ "ކޮވިޝީލްޑް" ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް މިއަދު ރާއްޖެ ގެނެސްފިއެވެ.

މިއީ ދިވެހިރާއްޖޭގެ ސިއްހީ ވުޒާރާ އާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާއިއެކު 23 މާޗް 2021 ވެވުނު އެއްބަސް ވުމުގެ ދަށުން ރާއްޖެ ގެނެވުނު 200000 ޑޯޒްގެ ދެބައިކުޅަ އެއްބައެވެ.

މި އެއްބަސްވުމުގެ ދަށުން (ChAdOx1 nCoV-19) ކޮރޯނާ ވައިރަސް ވެކްސިން (ރިކޮމްބިނެންޓް) ކޮވިޝީލްޑް ވެކްސިންގެ 200،000 ދިވެހިރާއްޖެއިން ގަނެފައިވެއެވެ.

މިއަހަރުގެ ޖަނުއަރީ އަދި ފެބްރުއަރީ މަހުގައި އިންޑިއާގެ ސަރުކާރުންވަނީ ދިވެހިރާއްޖެއަށް 200000 ކޮވިޝީލްޑް ވެކްސިން ޑޯޒު ހަދިޔާކޮށްފައެވެ. އަދި ކޮވެކްސް (COVAX) ފެސިލިޓީއިންވެސްވަނީ ދިވެހިރާއްޖެއަށް 12،000 ކޮވިޝީލްޑް ވެކްސިން ޑޯޒު ލިބިފައިވެއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ޖަހަން ފަށާފައި ވަނީ ވެސް މި ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް