ވަޒީފާއިން ވަކިވާންވީ ވަގުތު ޖެހިއްޖެ ކަމުގެ އަލާމާތްތައް!

ހިތްހަމަ ނުޖެހޭ ޓީޗަރެއް ކިޔަވައިދޭން ދާނަމަ، ސްކޫލަށް ދާން ފޫހިވާ ފަދައިން، 'ލޯބިނުވާ' ވަޒީފާ އަކަށް ދާހިތް ނުވުމަކީ އަދި މާ ފޫހިވާނެ ކަމެކެވެ. އެގޮތުން، އާދިއްތަ ދުވަހާއި ހޯމަ ދުވަހުގެ ރޭ ޚާއްޞަ ގޮތ...

29 Mar 2021 | 08:45

ހިތްހަމަ ނުޖެހޭ ޓީޗަރެއް ކިޔަވައިދޭން ދާނަމަ، ސްކޫލަށް ދާން ފޫހިވާ ފަދައިން، 'ލޯބިނުވާ' ވަޒީފާ އަކަށް ދާހިތް ނުވުމަކީ އަދި މާ ފޫހިވާނެ ކަމެކެވެ.

އެގޮތުން، އާދިއްތަ ދުވަހާއި ހޯމަ ދުވަހުގެ ރޭ ޚާއްޞަ ގޮތެއްގައި ފޫހިކަމެއް އިހުސާސްވެ، އަނެއް ދުވަހު ވަޒީފާއަށް ދާހިތް ނުުވާ ފަހަރުވެސް އާދެއެވެ. އަދި ވަޒީފާގެ މާހައުލުގައި އުޅޭ ބައެއް މީހުންގެ ސަބަބުން ވަޒީފާއަށް ދިއުމަށް ބިރުގަނެއެވެ. އެފަދަ ގޮތަކަށް ކަންތައް ދިމާވާ ކަމުގައި ވާނަމަ، އެއީ ވަޒީފާއިން ވަކިވާން ވީ ވަގުތު ކަމުގައި ވެދާނެއެވެ.

މެޑިކަލް ހައްދައިގެން އޮފީހަށް ނުގޮސް ހުރުމަށް ލޯބި ކުރަން ހެއްޔެވެ؟ ނުވަތަ އެކަމުން އުފާވެރިކަން ގެނުވާ ހެއްޔެވެ؟ އެއީ ތިިބާ ވަޒީފާ ދެކެ ފޫހިވާ ކަމުގެ އަލާމާތެކެވެ.

ކަރުގައި ރިއްސާލުމުން ނުވަތަ ލޯ ހިރުވާލުމުން ވެސް ބައެއް މީހުން މެޑިކަލް ހައްދަން ބޭނުންވެއެވެ. އެގޮތުން ވަޒީފާއަށް ނުދެވޭނެހެން ހީވާ ކޮންމެ ކަމެއް މަތި ކުރުމަށްފަހު ވަޒީފާއަށް ނުގޮސް ވޭތޯ ބެލޭނަމަ، އެއީ ތިބާ ވަޒީފާއިން ވަކިވާން ވީ ވަގުތު ޖެހިއްޖެކަން އަންގައިދޭ ނިޝާނެކެވެ.

ވަޒީފާއަށް ދާ މީހުން، ވަޒީގާފައި އުޅޭއިރު ނިމޭ ގަޑިއަށް އިންތިޒާރު ކޮށް، ވަގުތު ގުނާލަ ގުނާލަ ތިބެއެވެ. ހެނދުނުގެ ވަގުތުގައި މެންދުރު ބްރޭކް ގަޑިއަށް އިންތިޒާރު ކުރާނެއެވެ. މެންދުރުވެއްޖެ ނަމަ، ގެއަށް ދެވޭނެ ވަގުތަކަށް ކެތް މަދުކަމާ އެކު އިންތިޒާރު ކުރާނެއެވެ. މިފަދަ ގޮތަކަށް ކަންތައް ކުރެވޭ ހެއްޔެވެ؟ އެއީ ވަޒީފާއިން ވަކިވާންވީ ކަމުގެ ސިގްނަލް އަކަށް ވެދާނެއެވެ.

އަބަދު ފޫހިވެފައި ހުރުމާއި، ފާޚާނާއަށް ގޮސް 15 ވަރަކަށް މިނެޓް ހޭދަކުރުމަކީ ވެސް ވަޒީފާ އަދާކުރަން ފޫހިވާ މީހުނަށް ކުރެވޭ ކަންކަމެވެ. މީގެ އިތުރުން ވަޒީފާގެ މާހައުލުގައި ކުރަންޖެހޭ މަސައްކަތްތަކުގެ މަތިން ފޫހިވުމާއި އެކުގައި ވަޒީފާ އަދާކުރާ މީހުނާ އެކީގައި އުޅޭހިތް ނުވާ ފަހަރުވެސް އާދެއެވެ. އެއީ ވެސް ވަޒީފާއަށް ދާން ފޫހިވާތީ ދިމާވާ ކަންތައްތަކެއް ކަމަށް ވެދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް