މާލެ ސިޓީގައި 'ނެއިބަރހުޑް ވޮޗް' އެއް ގާއިމު ކުރާނަން: އަނަސް

މާލެ ސިޓީގެ ރައްކާތެރިކަމާ, އަމާންކަމާ ރައްޔިތުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް, އިޖުތިމާޢީ ރޫޙު އާލާކޮށް ނެއިބަރހުޑް ވޮޗް ޤާއިމުކޮށް, ގޭދޮށު މުޖުތަމަޢުތައް ބިނާކުރުމަށް ހިތްވަރުދޭނެ ކަމަށް އަނަސް އ...

29 Mar 2021 | 08:16

މާލެ ސިޓީގެ ރައްކާތެރިކަމާ, އަމާންކަމާ ރައްޔިތުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް, އިޖުތިމާޢީ ރޫޙު އާލާކޮށް ނެއިބަރހުޑް ވޮޗް ޤާއިމުކޮށް, ގޭދޮށު މުޖުތަމަޢުތައް ބިނާކުރުމަށް ހިތްވަރުދޭނެ ކަމަށް އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި، މާލެ ސިޓީ މޭޔަރު ކަމަށް ހޮވިވަޑައިގެންފި ނަމަ، ނެއިބަރހުޑް ވޮޗް ކިޔާ ފަރާތްތަކެއް ގާއިމު ކުުރުމަކީ ވެފައިވާ ވައުދެއް ކަމަށް އަނަސް ވިދާޅުވިއެވެ.

https://twitter.com/anasabdulsattar/status/1376398768157917191

މިގޮތުން ނެއިބަރހުޑް ވޮޗް ގެ ގޮތުގައި ހަރަކާތްތެރިވާ ބޭފުޅުންގެ މަސްއޫލިއްޔަތަކަށް ވާނީ، އެ އަވަށެއްގައި ހިނގާ ކަންކަން ރިޕޯޓް ކުުރުމެވެ. މީގެ އިތުރުން ކޮމިއުނިޓީ ޕޮލިސިން އަކީ ކުރިއަށް އޮތް ތަނުގައި އަންނަން އޮތް ކަމެއް ކަމަށް ވެސް އަނަސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން، ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ޓައުން ހޯލެއް ގާއިމުކރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް މީގެ ކުރިން އަނަސް ވިދާޅުވެފައި ވެއެވެ.

މިފަދަ ތަންތަނަކީ، މާލޭގައި ހުރި ދަތިތަކާ އުނދަގޫތަކުގެ ޝަކުވާ މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުން ކަމަށް އަނަސް ބުނެފައިވެއެވެ. މި ވޭތުވެދިޔަ އަހަރުތަކު ސިޓީ ކައުންސިލަށް އެ ފުރުސަތު ނުދެއްވާކަމަށް އަނަސް ފާހަގަކުރެއްވިއެވެ.

އަނަސް ހުންނެވީ އޭޕްރީޕް 10 ވަނަ ދުވަހު ބާއްވާ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަމާއެކުގައެވެ. މީގެ ކުރީގައި ރައްޔިތުން ދީފައިވާ އެއްބާރުލުމާ އެހީތެރިކަން މިފަހަރުވެސް ދިނުމަށް އަނަސް އެދިވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް