ރޯދަމަހާ ދިމާކޮށް ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީން ރާއްޖެ އަށް 25 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
މި ކަދުރާ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. ކަދުރު ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައެވެ.
މީގެ ކުރިން ސައުދީން ވަނީ ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.
މި އަހަރު ރާއްޖެ ހަދިޔާކުރި ކަދުރުގެ އަދަދު މަދުވެފައި ވަނީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.
ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެއެވެ.
ނިމިދިޔަ ސަރުކާރުގައި ސައުދީން ދިން ކަދުރުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީގެ ފައުންޑޭޝަން މެދުވެރިކޮށް ވަކި ބަޔަކަށް ބަހަމުން ގެންދިޔަ މައްސަލަ އޮތީ ފެންމަތިވެފައެވެ. ސައުދީން ދިން ގިނަ އަދަދެއްގެ ކަދުރު އެ ފައުންޑޭޝަނަށް ވަނީ ނަގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް