ކޯވިޑް-19 ފެތުރެމުންދާ މި ހާލަތުގައި މަހެއްގެ ތެރޭގައި އެއްލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުން ފާހަގަކޮށްފިއެވެ.
މި ގޮތުން މާރިޗު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަށްވުރެ މައްޗަށް އެރުން ފާހަގަކޮށް، އެއްލައްކަ ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ މިއަދު ޙޫނު މަރުޙަބާއެއް ކިޔާފައެވެ.
މިމަހު ރާއްޖެއަށް އައި އެއް ލައްކަވަނަ ފަތުރުވެރިޔާއަކީ ހަނީމޫނަށް ރާއްޖެއަށް އައި މިސްރުގެ ރައްޔިތެއް ކަމުގައިވާ ހަނާ މުޙައްމަދު އަޙްމަދު ކަމަލް މުސްތަފާއެވެ. .
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19 ރޯގާ ފެތުރުން މަތަކުރުމަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 1701 ފަތުރުވެރިންނެވެ. އަދި އޮގަސްޓު މަހު 7628 ފަތުވެރިއަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި ސެޕްޓެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ.
އޮކްޓޫބަރުމަހު ރާއްޖެއަށް 21515 ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ނޮވެމްބަރުމަހު ރާއްޖެއަށް ވަނީ 35759 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޑިސެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 96225 ފަތުރުވެރިންނެވެ. މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް 92103 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ފެބްރުއަރީމަހު ރާއްޖެއަށް އައިސްފައިވަނީ 96882 ފަތުރުވެރިންނެވެ. އަދި މިމަހު މިހާރު މިވަނީ އެއްލައްކައަށް ވުރެ ގިނަ ފަތުުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް