ނިއުޕޯޓުން އަޅާފައިވާ ބްރިޖް ބަލާ ޕްލެޓްފޯމާއި އެ ސަރަހައްދުގައި ހުރި ގުދަނަކުން ޓިނުތައް ވަޔާ ދާތީ އެ ސަރަހައްދުގައި ސައިކަލުގައި ދަތުރުކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.
އެގޮތުން އެ ސަރަހައްދުގައި ދެކޮޅުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެއްކޮޅުން ބްލޮކްކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ކައިރިއެވެ. އަނެއް ކޮޅުން ބްލޮކްކޮށްފައިވަނީ ސާފްވިއު ކައިރިން ބޮޑުފުންގަނޑު މަގު ދޫކުރުމަށްފަހުގައެވެ.
އެ ސަރަހައްދުގައި ތިބި ފުލުހުން، ސައިކަލުގައި ދަތުރުކުރާ ފަރާތްތައް ހުއްޓުވައި އެހެން މަގުމަގަށް ޑައިވާޓް ކުރަމުން އަންނައިރު ފުލުހުން ބުނަނީ ޓިނު ވަޔާ ދާތީ ސައިކަލުގައި ދިއުން ރައްކާތެރި ނޫން ކަމަށެވެ. ނަމަވެސް ހަތަރުފުރޮޅު ލީ އުޅަނދުތަކަށް އެ ސަރަހައްދުން ދަތުރުކުރުމުގައި ހުރަހެއް ނެތެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރުވެސް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ނިމުތު ކުރަނީ ކުރިއަށް 48 ގަޑިއިރުވެސް ވިއްސާރަ ކުރާނެ ކަމށެވެ. ނަމަވެސް ރާއްޖެ ސަރަހައްދުގައި އޮތް ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެކަމަކަށް މެޓުން ނިމުތެއް ނުކުރެއެވެ. ކޮޅިގަނޑާއެކު އުފެދޭ ވިއްސާރަ ވިލާތަށް ހުޅަނގަށް ޖެހެމުން އަންނަ ކަމަށްވެސް މެޓުން ބުނެއެވެ.
މި ވިއްސާރައިގާ އުތުރަށްވުރެ ބޮޑަށް ވިއްސާރަ ގަދަ ކުރާނެ ކަމަށް ބެލެވެނީ ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ކަމުގައި މެޓުން ބުނެއެވެ. ކަނޑުވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނާއި މެދުތެރެއަށެވެ. ނަމަވެސް އުދައެރުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ކުރިމަތިވެދާނެ ކަމަށް ލަފާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް