މޫސުން ގޯސްވެ، ކަނޑު ގަދަވުމާ ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުން ދާ ކަމުގެ މައުލޫމާތު އެންއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އަށް ލިބެމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފް އިން އެދިފައި ވެއެވެ.
https://twitter.com/MNDF_Official/status/1376408390964895745
އެގޮތުން ތިން މީހުނާއެކު ދަތުރު ކުރި ތެޔޮ އުފުލަ ބޯޓެއް ކަނޑު ގަދަވެ، އަޑިޔަށް ދާތީ، އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްކާޑް ސްކޮޑަރަން އިން ހަރަކާތްތެރިވާން ފަށާފައިވެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، ބޯޓްގައި ތިބީ ދެ ބިދޭސީންނާއި ދިވެއްސެކެވެ.
މި ބޯޓުގައިި ތިބި މީހުން ވަނީ ސަފާރީ އަކަށް ނަގާފައެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާ ދިމާލުން ކަނޑުގެ ސަރަހައްދުގައެވެ.
މި ހާދިސާގައި އަޑިއަށް ގޮސްފައި ވަނީ 10 ހާސް ލީޓަރު ޑީސަލް އާއެކު ކ. ތިލަފުށިން ހުޅުމާލެ އަށް ދަތުރު ކުރި 'ސަވާރީ' ނަކަމަށް ކިޔާ ތެގޮ އުފުލާ ބޯޓެކެވެ.
މޫސުން ގޯސްވެ ކަނޑު ގަދަ ވުމާ ގުޅިގެން 'ކުޑަ ބަނާނާ' ކައިރިއަށް އަޑިއަށް ގޮސްފައި ވާ މި ބޯޓުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދުގެ 11:00 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
މި ބޯޓް ފެންމަތިި ކުރުމަށް ބޯޓުގެ ވެރިފަރާތާއި، އެމްއެންޑީއެފް ކޯސްޓްގާޑް ގެ ޑައިވަރުން މަސައްކަތް ކުރަމުނ ދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް