ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްވެ، ގަދަ ވައި ޖެހެމުންދާ ދުވަސްވަރެއް ކަމަށް ވާތީ، ސިނަމާލެ ބްރިޖް އަދި ލިންގް ރޯޑް ބޭނުންކުރާ އެންމެހައި ފަރާތްތަކުން ސަމާލު ވާން ވީ ކަންތައްތަކެއް ފުލުހުން ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން، ވިއްސާރަ ކޯޓް ބޭނުން ކުރައްވާ ފަރާތްތަކުން ވަޔާއި އެކު ހަލާކުވެގެން ގޮސް އެހެން މީހުންގެ މޫނު މަތީގައި ނޭޅޭފަދަ ރަނގަޅު ފެންވަރެއްގައި ކޯޓް ބޭނުންކުރުމަށް ފުލުހުން އެދިފައިވެއެވެ.
މީގެ އިތުރުން ވައި ގަދަވާ ގަޑިތަކުގައި އުޅަނދުތަކުގެ ސްޕީޑް، ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ހިފެެހެއްޓުމަށް ފުލުހުން އެދިފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާގެބޭ ޤައުމީ އިދާރާއިން ވަނީ ރީނދޫ ސަމާލު ނެރިފައެވެ. މިގޮތުން ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައިވެއެވެ.
https://twitter.com/MetMaldives/status/1376396655147147265
މެޓް އޮފީހުން ބުނެފައި ވަނީ، އެ ހިސާބުތަކަށް މިއަދުގެ 10:00 އިން ފެށިގެން މެންދުރު 14:00 އާ ދެމެދު، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން، ގަޑިއަކު25 މޭލާއި30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު55 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް