ދެކުނަށް މޫސުން ވަރަށް ގޯސް، ހާއްސަކޮށް ދެ ސިޓީއަށް

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ އެންމެ ދެކުނުގެ ދެ ސިޓީ ކަމުގައިވާ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް އޮރެންޖް އިންޒާރު ނެރެފައިވާއިރު ގދ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކ...

29 Mar 2021 | 02:18

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ އެންމެ ދެކުނުގެ ދެ ސިޓީ ކަމުގައިވާ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް އޮރެންޖް އިންޒާރު ނެރެފައިވާއިރު ގދ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

އެގޮތުން ދެކުނުގެ ދެ ސިޓީއަށް އިންޒާރު ނެރުނީ ރޭގެ މެންދަމު 03:30 އިން ހެނދުނު 06:00 އަށެވެ. މި އިންޒާރުގެ ވަގުތު މިހާރު ވަނީ ހެނދުނު 06:00 އިން ހެނދުނު 08:00 އަށް އިތުރުކޮށްފައެވެ.

މި އިންޒާރުގައި ނިމުތުކޮށްފައިވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށާއި ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑު ގަދަވުން އެކަށީގެންވާކަމަށެވެ.

ގދ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވާއިރު ނިމުތުކޮށްފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް