ދެކުނުގެ ދެ ސިޓީގައި ފެންބޮޑުވެދާނެކަމުގެ އިންޒާރު

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައިގާ އައްޑޫ ސިޓީ އަދި ފުވައްމުލަށް ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އޮރެންޖު އިންޒާރު ނެރެފިއެވެ. މެންދަމު 3...

28 Mar 2021 | 23:14

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައިގާ އައްޑޫ ސިޓީ އަދި ފުވައްމުލަށް ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އޮރެންޖު އިންޒާރު ނެރެފިއެވެ.

މެންދަމު 3:30 އިން ހެނދުނު 06:00 އާއި ދެމެދުގެ ވަގުތަށް އަމާޒުވާނޭހެން ނެރެފައިވާ މި އިންޒާރުގައި ބުނެފައިވަނީ އެ ދެސިޓީ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކުރެވޭކަމަށެވެ.

އަދި ގަޑިއަކު 34 މޭލާއި 40 މޭލުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވުންވެސް އެކަށީގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް