ބްރިޖު ހުރަސްކޮށް24 ގަޑި އިރު މުދާ އުފުލުމުގެ ހުއްދަ ދީފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ މިއަދުން ފެށިގެން 24 ގަޑިއިރު މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދު ބްރިޖުގައި ދުއްވޭނެ ކަމަށެވެ. އެ ހުއްދަ ދީފައިވަނީ ސްކޫލްތައް ހުޅުވެންދެންނެވެ.
ސްކޫލްތައް ހުޅުވެންދެން މާލެ ތެރޭގައިވެސް މުދާ އުފުލުގެ ހުއްދަ އެ މިނިސްޓްރީންް އޮތީ ކުރިން ދީފަ އެވެ. ސްކޫލްތަކުގައި ކިޔަވައިދޭ ދުވަސްތަކުގައި ހެނދުނު 11:30 އިން މެންދުރު 13:30 އަށް މާލެ ތެރޭގައި މުދާ އުފުލުމަކީ މަނާ ކަމެކެވެ.
ކުރިން ހަމަޖައްސާފައި އޮންނަ ގޮތުން ހެނދުނު 9:00 އިން ހަވީރު 15:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ބްރިޖުގައި މުދާ އުފުލުމަކީ މަނާ ކަމެކެވެ.
ސްކޫލްތައް ބަންދުކޮށްފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. ފުރަތަމަ ޓާމްގެ މިޑް ބްރޭކްގެ ފަހުން ވައިރަސް އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ މިއީ ތިން ވަނަ ހަފްތާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް