ކޯވިޑް-19: މިއަދަކީ ސްޕެއިން ދުށް އެންމެ ވޭން ބޮޑު ދުވަސް. އިޓަލީގެ ހާލާތު ބަދަލެއް ނުވޭ

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ކޯވިޑް-19 ގެ ނުރައްކާ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް ފެތުރިގެން ގޮސްފައިވާއިރު، އެމެރިކާ، ސްޕެއިން އަދި އިޓަލީ އިން މި ބަލި ޖެހޭ މީހުންނާއި މަރުވ...

29 Mar 2020 | 17:29

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ކޯވިޑް-19 ގެ ނުރައްކާ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް ފެތުރިގެން ގޮސްފައިވާއިރު، އެމެރިކާ، ސްޕެއިން އަދި އިޓަލީ އިން މި ބަލި ޖެހޭ މީހުންނާއި މަރުވާ މީހުން އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

މިގޮތުން، މިއަދަކީ ކޯވިޑް-19 ގެ ނުރައްކާ ސްޕެއިންއަށް އެންމެ ބޮޑުވި ދުވަހެވެ. މި ބަލީގައި އެ ގައުމު ދުށް އެންމެ ވޭން ބޮޑު ދުވަސް ވެސްމެއެވެ. ކޯވިޑް-19 ސްޕެއިން ގައި ފެތުރެން ފަށާ، މީހުން މަރުންވާން ފެށިފަހުން، މިއަދަކީ ސްޕެއިން އިން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މިއަދު އެކަނި ވެސް މި ބަލީގައި ސްޕެއިން އިން 838 މީހުން މަރުވެފައިވެއެވެ. މިއާއެކު މިހާތަނަށް މި ބަލީގައި ސްޕެއިން މަރުވި މީހުންގެ ޖުމްލަ ވަނީ 6528 އަށް އަރާފައެވެ.

އަނެއްކޮޅުން، ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވާ އިޓަލީގެ ހާލާތު އަދިވެސް ރަނގަޅެއް ނުވެއެވެ. މިއަދު އެކަނި ވެސް އެ ގައުމުން ވަނީ 756 މީހުން މަރުވެފައެވެ. މިއާއެކު މިހާތަނަށް އެ ގައުމުން ވަނީ 10779 މީހުން ކޯވިޑް-19 ގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށްފައެވެ.

މިހާރު މުޅި ދުނިޔެއިން މި ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު 685000 ގައި އުޅޭއިރު، ބަލި ޖެހުނު 145000 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަނެއްކޮޅުން މަރުވި މީހުންގެ އަދަދު ވަނީ 32000 އިން މައްޗަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް