ކުޑަ ކުއްޖަކަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ގޯނާކުރި ބައްޕައަކު ހައްޔަރުކޮށްފި

ނޯތް ޕޮލިސް ޑިވިޝަންގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފިއެވެ. ފުލުހުނ...

29 Mar 2020 | 17:15

ނޯތް ޕޮލިސް ޑިވިޝަންގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކުޑަ ކުއްޖަކަށް އޭނާގެ ބައްޕަ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ 21:20 ހާއިރު ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 18:15 ހާއިރު އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން މި ފަދަ މައްސަލަތަކުގައި ކުދިންގެ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް