މިއަދު ގެސްޓު ހައުސްގަ މަރުވެފަ އޮއްވާ ފެނުނު މީހާ ކޯވިޑް-19 އަށް ޓެސްޓު ކުރި

ހ. ކާސިންޖީ މަގުގައި ހުރި ގެސްޓު ހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ ކޯވިޑް-19 އަށް ޓެސްޓު ކުރި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ތަރުޖަމާނު މަބްރޫކް އަޒީޒް...

29 Mar 2020 | 16:54

ހ. ކާސިންޖީ މަގުގައި ހުރި ގެސްޓު ހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ ކޯވިޑް-19 އަށް ޓެސްޓު ކުރި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭނާ ޓެސްޓުކޮށްފައިވަނީ އިއްޔެ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދިކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން މަރުވި ފަހުން ކަމަށެވެ. އެކަމަކު އެމީހާގެ ނަތީޖާ ނެގެޓިވް ކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އޭނާ އޭޑީކޭއިން ފަރުވާ ހޯދާފައިވަނީ ޑެންގީ ޖެހިގެން ކަމަށެވެ. އަދި މިއަދު ހޮސްޕިޓަލަށް ދާން ހަމަޖެހިފައި އޮތީ އިތުރު ޓެސްޓުތަކެއް ހެދުމަށް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވަ ފެނުނީ ބަންގްލަދޭޝްގެ38 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މ. ކޮޅުފުށީގައި ހުރެފަ މާލެ އައިސް ޑޮކްޓަރަށް ދެއްކީ ބަނޑުގައި ރިއްސާތީ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް