ކޯވިޑް-19: ލަކްސް ނޯތު އަދި ހުރުވަޅި ރިސޯޓުން ބަޔަކު ޓެސްޓު ކުރަނީ

ދި ސްޓޭންޑާޓް ހުރުވަޅި މޯލްޑިވްސް އާއި ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާއްތަކެއް ހުރެގެން ދިވެއްސަކާއި ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުނ...

29 Mar 2020 | 16:43

ދި ސްޓޭންޑާޓް ހުރުވަޅި މޯލްޑިވްސް އާއި ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާއްތަކެއް ހުރެގެން ދިވެއްސަކާއި ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓު އަދި ހުރުވަޅި މޯލްޑިވްސް ރިސޯޓުން ދިވެއްސަކާއި ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެމީހުން މިހާރު ވަނީ ހޯމް އައިސޮލޭޝަންގައި ބެހެއްޓިފައި ކަމަށް އެޗްޕީއޭ އިން ބުނއެވެ. އެޗްޕީއޭ އިން ބުނީ މި ރިސޯޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް