ރާއްޖޭގައި ކޯވިޑް-19 އަށް ޕޮސިޓިވް ވެގެން ފަރުވާދެމުން ދިޔަ ހުރިހާ ބިދޭސީން ބަލިން ރަނގަޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ މިހާރު ފަރުވާ ދެމުންދަނީ ދެ ދިވެހިންނަށް އެކަނިކަމަށެވެ. އެ ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ޑރ. މުރާދު ވިދާޅުވީ މިއަދު ދެ ފަހަރު ޓެސްޓުކޮށް ނެގެޓިވްވި ދެ ބިދޭސީން މިހާރު ތިބީ14 ދުވަހުގެ އައިސޮލޭޝަންގައި އެވެ. އެކަމަކު އެމީހުން އަދި ރިސޯޓު އައދިލޭޝަންއަށް ބަދަލެއް ނުކުރެ އެވެ.
ރާއްޖެއިން މިހާތަނަށް17 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު މިއަދު ރަނގަޅުވި ދެ މީހުންނާއި އެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ13 އަށް އިތުރުވެފައި އެވެ. އަނެއް ދެމީހުންނަކީ ރާއްޖެއިން ފުރި ފަހުން ޕޮސިޓިވްކަން އިނގުނު އިޓަލީގެ ދެ ޓޫރިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް