ލ.ކުނަހަންދޫ ކައިރީގައި އޮތް ސަފާރީއަކުން އެރަށަށް ފޭބި ދެ ދިވެހިން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ހިލާފަށް ލ. ކުނަހަންދޫ ކައިރީގައި އޮތް ސަފާރީއަކުން ދެ މީހަކު އެ ރަށަށް ފައިބާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 10:14 ހާއިރު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރާއި 37 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހަމައެއާއެކު އެ ދެމީހުންގެ ބަންދުގެ މުއްދަތަށް ގޮތެއް ނިންމުމަށް ލ. ގަން ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާފައިވާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕްބްލިކް ހެލްތުގެ އެންގެވުމާ އެއްގޮތަށް އަމަލު ކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް