ދިވެހި ރާއްޖެއިން ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައިވާ ޖިމްތަކާއި، ކަސްރަތު ކުލާސްތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން އަންގައިފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމުގައި ބުނެފައި ވަނީ މިރޭ 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގެ ޖިމްތަކާއި، ކަސްރަތު ކުލާސްތައް ބަންދުކުރަން ޖެހޭނެ ކަމަށެވެ..
އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ޖިމްތަކާއި، ކަސްރަތު ކުލާސްތަކާއި، އެ ނޫންވެސް އެފަދަ ކުލާސްތަކާއި، ގްރޫޕް ކަސްރަތު ހަރަކާތްތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލުމަށް އެ އެންގުމުގައި ވެއެވެ.
އެގޮތުން ޖިމްތައް ބަންދުކުރަން މިއަދު އަންގާފައި ވާއިރު، މާލޭގައި ޖިމް ހިންގާ ފަރާތްތަކުން މީގެ ކުރިން އަމިއްލައަށް އިސްނަގައިގެން ވަނީ އެ ތަންތަން ބަންދުކުރަން ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް