ސްކޫލް ކުދިންނާއި ޓީޗަރުނަނަށް ދިރާގުގެ ހިލޭ ޑޭޓާ ޕެކޭޖެއް

ދިރާގާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން 30 ދުވަހަށް ހިލޭ މޮބައިލް ޑޭޓާ ޕެކޭޖެއް ސްކޫލް ކުދިންނާއި ޓީޗަރުންނަށް ދޭންނިންމައިފިއެވެ. ދިރާގުން ބުނީ މިދުވަސްވަރު ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފ...

29 Mar 2020 | 14:43

ދިރާގާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން 30 ދުވަހަށް ހިލޭ މޮބައިލް ޑޭޓާ ޕެކޭޖެއް ސްކޫލް ކުދިންނާއި ޓީޗަރުންނަށް ދޭންނިންމައިފިއެވެ.

ދިރާގުން ބުނީ މިދުވަސްވަރު ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ޚިދުމަތް ދަރިވަރުންނާއި ޓީޗަރުންނަށް ވަރަށް މުހިންމު ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑޭނެ ހެން، ވާޗުއަލް ކްލާސްރޫމްތަކާއި، އީ-ލާނިން ފަދަ ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތަށް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެހެން ޖެހޭ ކަމަށެވެ.

ދިރާގުން ނިންމާފައިވަނީ ކިޔަވާކުދިންނާއި ޓީޗަރުންނަށް 5ޖީބީ މޮބައިލް ޑޭޓާ ޕެކޭޖް 30 ދުވަހުގެ މުއްދަތަށް ދޭން ނިންމާފައިއެވެ. މި ޑޭޓާ ޕެކޭޖް ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީ އިން ދިރާގަށް ހިއްސާ ކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް، މަމެން އަދި އެހެނިހެން ދިރާގު މޮބައިލް ޚިދުމަތް ގެންގުޅުއްވާ ދަރިވަރުންނާއި ޓީޗަރުންނަށް ކަމަށް ދިރާގުން ބުނެއެވެ.

ކޯވިޑް-19 އާ ގުޅިގެން ދިރާގުން ވަނީ ހިދުމަތްތައް ލިބިގަތުމުގައި ލުއި ގޮތްތަކެއް ހަމަޖައްސާފަ އެވެ. އެގޮތުން އިތުރު ޑޭޓާ އާއި ޑިސްކައުންޓުތަކާއި، ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ އާއި ހުރިހާ އެޑް-އޮންތަކުން 50 ޕަސަންޓް ޑިސްކައުންޓް އަދި ހިލޭ 10 ޖީބީ ދީފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް