މާލޭ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު މަރުވެފަ އޮއްވަ ފެނިއްޖެ

ހ. ކާސިންޖީ މަގުގައި ހުންނަ ގެސްޓު ހައުސްއެއްގެ ތެރޭގައި މީހަކު މަރުވެއްފައި އޮއްފަ ފެނިއްޖެ އެވެ. އެމީހާ އަކީ އުމުރުން38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ފުލުހުން ބުނީ އެކަމުގެ ރިޕޯޓުކޮށްފައިވަނީ ...

29 Mar 2020 | 06:27

ހ. ކާސިންޖީ މަގުގައި ހުންނަ ގެސްޓު ހައުސްއެއްގެ ތެރޭގައި މީހަކު މަރުވެއްފައި އޮއްފަ ފެނިއްޖެ އެވެ.

އެމީހާ އަކީ އުމުރުން38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ފުލުހުން ބުނީ އެކަމުގެ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު9:10 ހާއިރު ކަމަށެވެ.

ލިބިފައިވާ މައުލޫމާތުތަކަށް ބަލައި ފުލުހުން ބުނީ އެމީހާ އެ ގެސްޓު ހައުސްއަށް އައީ މ. ކޮޅުފުށިން ކަމަށެވެ. އަދި ބަނޑުގައި ރިއްސާތި އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި ކަމަށެވެ.

އަދި މިއަދު އަނެއްކާވެސް ހޮސްޕިޓަލަށް ދާން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ދޭތެރެ ދޭތެރެއިން މާލޭގެ ގޭގެއިންނާއި ގެސްޓު ހައުސްތަކުން މަރުވެފައި އޮންނަ މީހުން ފެންނަމުން ދެ އެވެ. އެފަދަ މައްސަލަތައް ތަހުގީގު ކުރިޔަސް ފަހުން އެ ހާދިސާތަކުގެ މައުލޫމާތު ފުލުހުން އާންމެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް