ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ ޑޭޓާ ހިލޭ!

ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ ޑޭޓާ ހިލޭ ދޭން ނިންމައިފި އެވެ. ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ ދިރާގުން ހިލޭ ދިނުމަށް ނިންމާފައިވާ 10 ޖީބީ ޑޭޓާ ދޭން އެ ކުންފުނިން ނިންމ...

29 Mar 2020 | 06:14

ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ ޑޭޓާ ހިލޭ ދޭން ނިންމައިފި އެވެ.

ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ ދިރާގުން ހިލޭ ދިނުމަށް ނިންމާފައިވާ 10 ޖީބީ ޑޭޓާ ދޭން އެ ކުންފުނިން ނިންމީ، މިދުވަސް ވަރަކީ ގޭގައި ތިބެގެން އިންޓަނެޓް ބޭނުން ކުރާ ނިސްބަތް އިތުރުވެފައި، ސްކޫލްތަކާއި ކޮލެޖްތައް އަދި އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރަން ޖެހިފައި ވުމުން، ރިމޯޓް އެޑިއުކޭޝަން، ރިމޯޓް ވޯކިން އަދި އާއިލާއާއެކު މުނިފޫހިފިލުމަށް އިންޓަނެޓް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް ބުނެ އެވެ.

ދިރާގުގެ މައި އެކައުންޓުގައި ހިމެނޭ ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް މިހާރު ދިރާގުން ހިލޭ ދިނުމަށް ނިންމާފައިވާ 10 ޖީބީ ޑޭޓާ މިހާރު އެކްޓިވޭޓް ކުރެވޭނެ ކަމަށް ބަޔާނުގައިވެ އެވެ.

އަދި އިންޓަނެޓް ބޭނުންކުރެވޭ މިންވަރު ބެލުމަށް، ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން ވެސް އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން މިބަލި ކޮންޓްރޯލް ކުރަން ހުރިހާ ރައްޔިތުން ވެސް ގޭގައި މަޑު ކުރެއްވުމަށް ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދެމުން އަންނަތީ އާއެކު، އެކަމަށް ބާރުއެޅުމަށް ނިންމި ނިންމުމެއް ކަމަށް ދިރާގުން ބުނެއެވެ.

އޭގެ އިތުރުން، ދިރާގުން ވަނީ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓްތައް ދީފަ އެވެ.

އެ ކުންފުނިން އުންމީދުކުރަނީ އެކުންފުނިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ކިޔަވާ ކުދިންނާއި، ޓީޗަރުން އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެކަމަށް އެ ދިރާގުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް