ސްރީލަންކާއިން ކޮރޯނާ ވައިރަސް (ކޯވިޑް-19) ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.
މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޯވިޑް-19 ޖެހިގެން މަރުވެފައިވަނީ ލަންކާގެ އައި.ޑީ.އެޗްގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 60 އަހަރު މީހެކެވެ.
އެ ގައުމުގެ ކޯވިޑް-19 ގެ ޓާސްކްފޯހުން ބުނި ގޮތުގައި މަރުވި މީހާ އަކީ މީގެ ކުރިން ކިޑްނީ ބަދަލުކޮށްފައިވާ މީހެކެވެ. އަދި މިކަމާއި ގުޅިގެން އޭނާ ދަޔައީ ދިގު މުއްދަތަކަށް ބޭސް ކުރަމުންނެވެ.
އޭނާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
ލަންކާއިން ކޯވިޑް-19 އާއި ދެކޮޅައް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން އަންނަ އިރު އެ ގައުމުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ 113 މީހަކު ވަނީ ފެނިފައެވެ. ލަންކާގައި ވަނީ އިޖްތިމާއީ ގައިދުރުކަން އިތުރު ކުރުމަށް މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާނުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް