އިނގިރޭސިވިލާތުން ރާއްޖެ އައި އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖެ އަދި ދުވަހުން ފެށިގެން އެމީހާ ހުރީ ބ. އަތޮޅުގައި އޮންނަ ރޯޔަލް އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި ކަމަށެވެ.
އިތުރު އެއްވެސް ތަފްސީލެއް އަދި އެޗްޕީއޭއަކުން ހާމައެއް ނުކުރެ އެވެ.
މިއީ އިނގިރޭސިވިލާތުން އައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވްވި ދެވަނަ ފަހަރެވެ. ފުރަތަަމަ މީހާ ޕޮސިޓީވްވިކަން އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި ހުއްޓަ އަލާމާތްތައް ފެންނަން ފެށުމުން ޓެސްޓު ކުރި އެ މިހާ އަކީ38 އަހަރުގެ މީހެކެވެ.
މިހާރު އޭނާ ވަނީ ބައްޔަށް ފަރުވާ ދެމުންދާ މީހުން ތިބި އއ. ވެލިދޫ އައިލެންޑް ރިސޯޓަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފައި އެވެ.
https://twitter.com/HPA_MV/status/1244134222027251712
މިހާރު ރާއްޖޭގައި ވައިރަސް އަށް ޕޮސިޓިވްވެފައިވާ17 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން11 މީހުން ބަލިން ރަނގަޅުވެފައިވާއިރު ފަރުވާ ދެމުން ދަނީ ހަތަރު މީހުންނަށެވެ.
އަނެއް ދެ މީހުން ބައްޔަށް ޕޮސިޓިވްކަން އެނގުނީ ރާއްޖެއިން ފުރި ފަހުންނެވެ. އެއީ އިޓަލީގެ ދެ ޓޫރިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް