ޔޫއޭއޭގައި ދިވެެއްސަކަށް ކޯވިޑް-19 ނުޖެހޭކަން ޔަގީން ވެއްޖެ!

ޔުނައިޓެސް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކޯވިޑް19 އަށް ޕޮސިޓިވްވެފައި ތިބި މީހުންގެ ތެރޭގައި ދިވެއްސަކު ނެތްކަން ޔަގީންވެއްޖެ އެވެ. ކޯވިޑް-19 އަށް ޔޫއޭއީގައި ޓެސްޓު ކުރި މީހުންގެ ތެރެއިން ޕޮސިޓިވްވި...

28 Mar 2020 | 19:38

ޔުނައިޓެސް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކޯވިޑް19 އަށް ޕޮސިޓިވްވެފައި ތިބި މީހުންގެ ތެރޭގައި ދިވެއްސަކު ނެތްކަން ޔަގީންވެއްޖެ އެވެ.

ކޯވިޑް-19 އަށް ޔޫއޭއީގައި ޓެސްޓު ކުރި މީހުންގެ ތެރެއިން ޕޮސިޓިވްވި އެކަކީ ދިވެއްސެއް ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓް ކުރީ މިމަހުގެ22 ވަނަ ދުވަހު އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ދުވަހުން ފެށިގެން ދިވެހި ސަރުކާރުން ދިޔައީ ޔޫއޭއީ ސަރުކާރަށް ރަސްމީ ސިފައެއްގައި ހުށަހަޅައިގެން މައުލޫމާތު އޮޅުންފިލުވަމުން ކަމަށެވެ. އެކަމަކު ރާއްޖޭ މީހެއް ކަމަށް ބުނެ ދޭ ނަމަކީ ދިވެއްސަކަށް ކިޔާ ނަމެއް ނޫންކަން ސަރުކާރަށް އެނގިފައިވާ ކަމަށެވެ.

އޭގެ ފަހުން މިރޭ މަބްރޫކް ވިދާޅުވީ ޔޫއޭއީގައި ޕޮސިޓިވްވީ ދިވެއްސެއް ނޫންކަން މިހާރު ޔަގީން ކުރެވިފައިވާ ކަމަށެވެ.

ދެން ރާއްޖެއިން ބޭރުގައި ދިވެއްސަކަށް ކޯވިޑް-19 ޖެހިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ އިނގިރޭސިވިލާތުގައި އެވެ. އެކަމަކު އެކަން އަދިވެސް ޔަގީން ނުކުރެވޭކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް16 މީހަކަށް ބަލި ޖެހިފައިވާއިރު އޭގެ ތެރޭގައި ދިވެއްސަކު ހިމެނެ އެވެ. އަދި ދެ ޓޫރިސްޓުންނަކީ ރާއްޖެއިން ފުރިފަހުން ޕޮސިޓިވްކަން އެނގުނު ދެމީހުންނެވެ.

ރާއްޖޭގައި ފަރުވާ ދެމުންދިޔަ11 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިހާރު ފަރުވާ ދެމުންދަނީ ތިން މީހަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް