ހުޅުމާލޭ ރީތި ގަސް މަގާއި އަސުރުމާ ހިނގުން ގުޅޭ ހަތަރު އަނގޮޅި ކަންމަތީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް އެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓް ހިނަގާފައިވަނީ މިއަދު 16:25 އެހާކަށް ހާއިރުއެވެ.
އެކްސިޑެންޓް ވީއިރު ސައިކަލު ދުއްވަން އިނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އަށް އަނިޔާ ވުމުގެ ސަބަބުން މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާގެ ހާލަތު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓް ގައި ހިމެނޭ ދެ އުޅަނދުވެސް ދުއްވާފައިވަނީ އެ ކެޓަގަރީއިން އުނޅަދު ދުއްވުމުގެ ލައިސެންސް އޮންނަ ދެ މީހުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން އަންނަނީ އިތުރަށް މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް