އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވ. ފުލިދޫ އާއި ތިނަދޫގެ ރަށް ގިރުމުގެ މައްސަލަ ބައްލަވާލައްވައިފި އެވެ.
މިނިސްޓަރ އިއްޔެގެ ވަގުތެއްގައި ފުލިދުއަށް ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލުކޮށް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ރަށުގެ ރަށް ގިރުމުގެ މައްސަލައާއި ތިމާވެއްޓަށް ދިމާވެފައިވާ އެހެނިހެން މައްސަލަ ތަކާއި ގުޅޭގުތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.
އަދި މީގެ އިތުރުން 2014 ވަނަ އަހަރު އެރަށަށް ކުރިމަތިވި ރަށް ގިރުމުގެ މައްސަލައާއި ގުޅިގެން ރަށުގެ އަތިރިމަތިން ބޮޑުބައެއް ގިރާލުމުގެ ސަބަބުން ދިރާގު ޓަވަރަށް ކަރަންޓް ދޭ ކޭބަލް މޫދުގައި އޮތުމުން ރަށުން ކަރަންޓު ވެސް ކަނޑާލަން ޖެހުނެވެ.
އިއްޔެ ފުލިދޫއަށް ކުރެއްވި މި ދަތުރުގައި މިނިސްޓަރ ވަނީ އެ ރަށުގެ ކުނި މެނޭޖް ކުރާ ސަރަހައްދު ބަލައިލަން ވެސް ވަޑައިގެންފައެވެ.
އޭގެ އިތުރުން މިނިސަޓަރު ތިނަދޫ އަށް ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލު ކުރައްވައި އެރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ އާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި މީގެ އިތުރުން އެ ރަށުގައި ކުނި މެނޭޖް ކުރާނޭ މަރުކަޒެއް ގާއިމް ކުރުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.
އެހެން އަހަރު ތަކެކޭ ހިލާފަށް މި އަހަރު ރަށް ގިރުމުގެ މައްސަލަތައް އިތުރުވެފައިވަނީ "އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ)"ގެ ސަބަބުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް