ކޮވިޑް-19އިގެ ބިރާއެކު އައިޓީބީ ފެއާ ކެންސަލްކޮށްފި

އަންނަ މަހު ޖަރުމަނުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ (އައިޓީބީ) ފެއާ، ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިގެ ބިރާއެކު ކެންސަލްކޮށްފި އެވެ. އައިޓީބީ ބާލިން ފެއާގެ ޗެއާމަން...

29 Feb 2020 | 10:36

އަންނަ މަހު ޖަރުމަނުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ (އައިޓީބީ) ފެއާ، ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިގެ ބިރާއެކު ކެންސަލްކޮށްފި އެވެ.

އައިޓީބީ ބާލިން ފެއާގެ ޗެއާމަން ޑޭވިޑް ރުޓޭޒް ވިދާޅުވި ގޮތުގައި އައިޓީބީ ފެއާ ކެންސަލް ކުރަން ޖެހުނީ ކޮވިޑް-19 ވަރިރަސް ފެތުރެމުންދާތީ ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ.

ފެއާ ކެންސަލް ކުރަން ނިންމާފައި ވަނީ ޖަރުމަނުގެ ފެޑަރަލް މިނިސްޓްރީ އޮފް ހެލްތާއި ފެޑަރަލް މިނިސްޓްރީ އޮފް އިކޮނޮމިކުން ވެސް އެ ގޮތަށް ނިންމުމާ ގުޅިގެނެވެ.

އައިޓީބީގައި މި އަހަރު ރާއްޖޭގެ 99 ކުންފުންޏަކުން 244 މީހުން ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެ އެވެ.

އަންނަ މަހުގެ ހަތަރަކުން އަށަކަށް ބާލިންގައި ބާއްވަން ޝެޑިއުލް ކުރި މި ފެއާގައި ދުނިޔޭގެ އެކި ގައުމުތަކުން 10،000 އަށްވުރެ ގިނަ އެގްޒަބިޓަރުން ބައިވެރިވާން އޮތެވެ.

ފެއާ ކެންސަލް ކުރިކަން މިހާރު ވަނީ ބައިވެރިވާން ރަޖިސްޓްރީ ކޮށްފައި ތިބި ކުންފުނިތަކަށް ވެސް އަންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް