އައްޑޫ ކަސްޓަމްސް އޮފީސް ފަޅާލައިފި

އައްޑޫ ސިޓީގައި ހުންނަ ކަސްޓަމްސް އޮފީސް ފަޅާލައިފި އެވެ. ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅި ރޭ 6:30 ހާއިރު ކަމަށެވެ. މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެ އެވެ....

29 Feb 2020 | 09:50

އައްޑޫ ސިޓީގައި ހުންނަ ކަސްޓަމްސް އޮފީސް ފަޅާލައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅި ރޭ 6:30 ހާއިރު ކަމަށެވެ. މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ އޮފީހަށް ވަގުން ވަދެފައިވަނީ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ. އަދި ވަގަށް ނަގާފައިވަނީ އައްޑޫ ކަސްޓްމްސްގެ ވެރިން ބޭނުން ކުރައްވާ ކޮމްޕިއުޓަރު ސިސްޓަމަކާއި ލިޔެކިޔުންތަކެކެވެ.

މި މައްސަލައިގަ ފުލުހުން އިތުރު މައުލޫމާޓު ހާމަ ނުކުރިޔަސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް