ރޯގާ އާއި ފާނަބަސަނދު ފެތުރެނީ، ބަލި މީހުންނަށް ޒިޔާރަތް ނުކުރޭ: އައިޖީއެމްއެޗު

މި ދުވަސްވަރު މާލޭގައި އަރިދަފުސް ރޯގާ އާއި ފާނަބަސަނދު ފެތުރެމުންދާތީ ބަލި މީހުންނަށް ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފި އެވެ. އެ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ...

29 Feb 2020 | 08:40

މި ދުވަސްވަރު މާލޭގައި އަރިދަފުސް ރޯގާ އާއި ފާނަބަސަނދު ފެތުރެމުންދާތީ ބަލި މީހުންނަށް ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފި އެވެ.

އެ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލި ކަށި އަދި އުމުރުން ދުވަސްވީ މީހުންނާއި ކެއްސާ ކިނބިހި އަޅާ މީހުން ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެ ހޮސްޕިޓަލުން ބުނީ މިގޮތަށް އަންގަނީ އާންމުންގެ ރައްކާތެރި ކަމަށް ޓަކައި ކަމަށެވެ.

ފާނަބަސަނދު ޖެހުމުގެ ފުރުސަތު ބޮޑީ ކުރިން ފާނަބަސަނދު ޖެހިފައި ނުވާ މީހުންނާއި ކުރިން ފަނަބަސަނދުގެ ދެ ޑޯޒް ވެކްސިން ފުރިހަމަ ނުކުރާ މީހުންނެވެ. އަދި ބަލި ޖެހިފައިވާ މީހާ އުޅޭ ސަރަހައްދުގައި އުޅޭ މީހުން ސަމާލުވުމަށް އައިޖީއެމްއެޗުން އިލްތިމާސް ކުރެ އެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ ކެއްސާ ކިނބި އަޅާއިރު ރައްކާތެރިވުމުގެ ގޮތުން ޓިޝޫ ބޭނުން ކުރުމަށާއި، ގިނަ ގިނައިން އަތް ދޮވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އާންމުކޮށް ޖެހޭ ރޯގާތަކަށް ދެވޭ ވެކްސިން ޑޯޒުތައް ފުރިހަމަ ކުރުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

މި ދުވަސްވަރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޗައިނާ އަށް ދަތުރު ނުކުރާ މީހުންގެ ގައިން ފެންނަން ފަށާފައިވާތީ އެޗްޕީއޭއިން ވަނީ ބޭނުމެއް ނެތި ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރަން އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް