ކޮވިޑް-19: ބަލީގައި މަރުވާ މީހުންގެ އަދަދު އީރާނުން އޮޅުވާލަނީ!

މެދުއިރު މަތީގެ ގައުމުތަކުގެ ތެރެއިން ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އެންމެ ބޮޑުވެފައިވާ އީރާނުން އެ ބަލީގައި މަރުވާ މީހުންގެ އަދަދާއި ގުޅޭގޮތުން އޮޅުވާލަމުންދާ ކަމުގެ ތުހުމަތު ކުރަން ފަށައިފި އެވ...

29 Feb 2020 | 08:24

މެދުއިރު މަތީގެ ގައުމުތަކުގެ ތެރެއިން ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އެންމެ ބޮޑުވެފައިވާ އީރާނުން އެ ބަލީގައި މަރުވާ މީހުންގެ އަދަދާއި ގުޅޭގޮތުން އޮޅުވާލަމުންދާ ކަމުގެ ތުހުމަތު ކުރަން ފަށައިފި އެވެ.

އިރާންގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިގެން އެ ގައުމުން މަރުވެފައިވަނީ34 މީހުން ކަމަށެވެ. އެކަމަކު އެގައުމުގެ ސިއްހީ ދާއިރާގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ކޮރޯނާ ވައިރަސް ޖެހިގެން އިރާނުން200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އިރާނުގައި އެންމެ ބޮޑަށް ބަލި ފެތުރެމުންދަނީ ވެރިރަށް ތެހެރާން އާއި ގުމް ސިޓީގައި އެވެ. އިރާނު ސަރުކާޜުން ހާމަ ކުރަމުންދާ މައުލޫމާތުތަކުގެ ސައްހަ ކަމާއި މެދު ގުމްގެ ޕާލަމެންޓު މެންބަރެއްވެސް ވަނީ ސުވާލު އުފައްދަވާފައި އެވެ. މިކަމާ ގުޅިގެން އީރާނުގެ ހެލްތް މިނިސްޓްރީން ބުނީ ދޮގު ހަދަނީ ބައިނަލް އަގުވާމީ މީޑިއާ އޮގަނައިޒޭޝަންތައް ކަމަށެވެ.

ޗައިނާ ފިޔަވާ ހަލުވި ކަމާއި އެކު ކޮރޯނާ ވައިރަސް ފެތުރެމުންދާ އެއް ގައުމަށް އީރާން ވަނީ ވެފަ އެވެ. އެގައުމުގެ ސިއްހީ އިދާރާތަކުން ލަފާ ކުރާ ގޮތުގައި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހަމަ އެކަނި ތެހެރާންއިން15،000 އަށްވުރެ ގިނަ މީހުން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވާނެ އެވެ.

އީރާނުން ބުނެފައިވަނީ ބަލި ފެތުރޭ ސިޓީތައް ކަރަންޓީން ކުރުމުގެ ވިސްނުން އެ ގައުމުން ނުގެންގުޅޭ ކަމަށެވެ. އެކަމަކު އެ ގައުމުގެ ހުރިހާ ސްކޫލްތަކާއި ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފަ އެވެ. އަދި އިއްޔެ ހުކުރު ނަމާދުވެސް23 ސިޓީއެއްގަ ނުކުރެ އެވެ.

މިހާތަނަށް އީރާނުން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރޭގައި އަންހެނުންނާއި ބެހޭ އެ ގައުމުގެ ނައިބް ރައީސް މައުސޫމާ އިބްތިކާރާއި ހެލްތު މިނިސްޓްރީގެ ނައިބް އަދި ޕާލަމެންޓުގެ ދެ މެންބަރަ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް