ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން ޔޫރަޕްގެ ގައުމުތަކަށް އެކްސްޕޯޓު ކުރާ މަސް ގަންނަ މިންވަރު30 ޕަސެންޓު ދަށަށް ގޮސްފި ކަމަށް ލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ބުނެފި އެވެ.
ރާއްޖެއިން ތާޒާ ބޮޑު ކަންނެލި އެކްސްޕޯޓު ކުރާ ޔޫރަޕްގެ މާކެޓް ތަކަކީ އިޓަލީ އާއި ޖަރުމަނުވިލާތެވެ. މި ގައުމުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދަނީ ވަރަށް ނުރައްކާތެރި މިންވަރަކަށް ހަލުވިކަމާއި އެކު އެވެ.
އެ އެސޯސިއޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓު ކުރާާ ބޮޑު ކަންނެލީގެ ވިޔަފާރި ހީނުކުރާ ވަރަށް ދަށްވެފައިވާ ކަމަށެވެ. ރާއްޖެއިން މަސް ގަންނަ ޔޫރަޕްގެ ކުންފުނިތަކާއި ހަވާލާދީ އެމްއެސްޕީއީއޭއިން ބުނެފައިވަނީ ކުރިޔަށް އޮތްތާ ތާޒާ ބޮޑު ކަންނެލި ގަންނަ އަދަދު ދަށްވާނެ ކަމަށެވެ.
"ރާއްޖެއިން ތާޒާ ކަންނެލި އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރެއިން އިޓަލީއާއި ޖަރުމަނުގައި ކޮވިޑް-19 ފެތުރެމުން ދަނީ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޔޫރަޕްގެ މާކެޓުތަކަށް ތާޒާ ކަންނެލި ގަންނަ ނިސްބަތް އިތުރަށް ދަށަށް ހިނގައިދާނެ ކަމުގައި ޔޫރަޕުން މަސް ގަންނަ ފަރާތްތަކުން ވަނީ ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓު ކުރާ ފަރާތްކަށް އަންގާފައެވެ." އެ ބަޔާނުގައިވެއެވެ.
ވައިރަސްއިން ރައްކާތެރިވުމަށް އެ ގައުމުތަކުގައި ގިނަ ރެސްޓޯރެންޓުތައް ދަނީ ބަންދު ކުރަމުންނެވެ.
އެ އެސޯސިއޭޝަނުން ބުނީ ބަލި ފެތުރުން ކޮންޓްރޯލް ނުވާތީ މަހުގެ މާކެޓް އިތުރަށް ވެއްޓިދާނެ ކަމަށް ލަފާ ކުރެވޭތީ ކުންފުނިތަކުން މަސް ގަންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އަމިއްލަ ކުންފުނިތަކަށް އެ އެސޯސިއޭޝަނުން އަންގާފައިވާ ކަމަށެވެ.
ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް އިޓަލީން16 މީހުން މަރުވެފައިވެ އެވެ. އަދި ޖަރުމަނުވިލާތުން ނުވަ މީހަކު އަދި ފްރާންސްއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް