އުރީދޫ ނޭޝަން ގެ 2026 ކިކްއޯފް ޓޯނަމަންޓް ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އުރީދޫ ނޭޝަން ގެ 2026 ކިކްއޯފް ޓޯނަމަންޓް ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ. އުރީދޫ ނޭޝަންގެ 2026 ވަނަ އަހަރުގެ ފުރަތަމަ މުބާރާތް ރަސްމީކޮށް ފަށުމަށް ހަމަޖެހިފައިވަނީ އޯޕަން ސީރީޒް ސީޒަން 1 އާއެކު އެވ...

29 Jan 2026 | 17:58
N/A

N/A

އުރީދޫ ނޭޝަން ގެ 2026 ކިކްއޯފް ޓޯނަމަންޓް ރަޖިސްޓްރޭޝަނަށް

ހުޅުވާލައިފިއެވެ.

އުރީދޫ ނޭޝަންގެ 2026 ވަނަ އަހަރުގެ ފުރަތަމަ މުބާރާތް

ރަސްމީކޮށް ފަށުމަށް ހަމަޖެހިފައިވަނީ އޯޕަން ސީރީޒް ސީޒަން 1 އާއެކު އެވެ. އަދި މިހާރު

މިވަނީ އޯޕަން ސީރީޒް ސީޒަން 1ގެ ކްލޭޝް ރޯޔާލް އަދި އީއޭއެފްސީ އަލްޓިމޭޓް ޓިމް ގައި

ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތްތަކަކީ ދިވެހި ގޭމް ކުޅޭ ފަރާތްތަކަށް

ވަރަށް ފޯރިގަދަ ފެށުމަކަށް ވެގެންދާނެކަމަށް އުރީދޫ ނޭޝަން އިން ދެކެއެވެ.

ކްލޭޝް ރޯޔަލް - އޯޕަން ސީރީޒް ސީޒަން 1

އިނާމު ޕޫލް: 5،000 ރުފިޔާ

ފޯމެޓް: އޮންލައިން

ރަޖިސްޓްރޭޝަންގެ ސުންގަޑި: 3 ފެބްރުއަރީ 2026,

11:59

މުބާރާތް ފަށާ ތާރީޚް: 6 ފެބްރުއަރީ 2026

ރަޖިސްޓްރޭޝަން ފީ: 50 ރުފިޔާ

އީއޭއެފްސީ އަލްޓިމޭޓް ޓީމް - އޯޕަން ސީރީޒް ސީޒަން

1

އިނާމު ޕޫލް: 5،000 ރުފިޔާ

ފޯމެޓް: އޮންލައިން

ރަޖިސްޓްރޭޝަންގެ ސުންގަޑި: 12 ފެބްރުއަރީ 2026,

11:59

މުބާރާތް ފަށާ ތާރީޚް: 16 ފެބްރުއަރީ 2026

ރަޖިސްޓްރޭޝަން ފީ: 50 ރުފިޔާ

އޯޕަން ސީރީޒް މުބާރާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި

ތިބި ގޭމް ކުޅޭ ފަރާތްތަކަށް އެމީހުންގެ ހުނަރު ދައްކާލުމާއި، ގޭމިން ކޮމިއުނިޓީއާ

ގުޅުވައި، ވާދަވެރި ޕްލެޓްފޯމްތައް ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. އުރީދޫ

ނޭޝަންގެ މި މުބާރާތްތައް އޮންލައިންކޮށް ބޭއްވުމުގެ މަގުޞަދަކީ ހުރިހާ އަތޮޅެއްގެ

ކުޅުންތެރިންނަށް ހަމަހަމަ އުސޫލުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.

އީ-ސްޕޯޓްސް މެދުވެރިކޮށް ޑިޖިޓަލް ހުނަރުވެރިން ކުރިއަރުވައި

ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އުރީދޫ ނޭޝަން އިން ދަނީ މުހިންމު ދައުރެއް

އަދާކުރަމުންނެވެ. މި އޯޕަން ސީރީޒަކީ އުރީދޫގެ ޑިޖިޓަލް ކޮމިއުނިޓީއެއް ބިނާކޮށް،

ޓެކްނޮލޮޖީ، ކަނެކްޓިވިޓީ އަދި އީޖާދީ އުފެއްދުންތަކުގެ ތެރެއިން އަންނަން އޮތް ޖީލު

ބާރުވެރިކުރުވުމަށް އުރީދޫއިން ގެންގުޅޭ ތަސައްވުރެވެ.

އުރީދޫ ނޭޝަންގެ 2026 ވަނަ އަހަރުގެ އީ-ސްޕޯޓްސް މޫވްމަންޓްގައި

ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ގޭމަރުންނަށް ދައުވަތު އަރުވައެވެ.

އުރީދޫ ނޭޝަންގެ އޯޕަން ސީރީޒް ގައި ރެޖިސްޓަރ ވުމަށް

ތިރީގައިވާ ލިންކް ޚިޔާރުކުރައްވާ

https://ore.do/arena

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް