ފިހާރައިން ގަނެގެން އައިސް ކެއްކުމުގެ ކުރިން ގަނޑުކޮށްފައިހުންނަ ކުކުޅު ދޮވުމަކީ ވަރަށް ޢާންމު ކަމެކެވެ. އެހެން ނަމަވެސް މިކަން މިހެން ކުރުމަކީ ޞިއްޙަތަށް ނުރައްކާ ކަމެއް އެނގޭހެއްޔެވެ؟
ގަނޑުކޮށްފައި ހުންނަ ކުކުޅު ރޯފިލުވުމުގެ ކުރިން ދޮވުމުން އޭގެން ލިބޭ ގެއްލުންތައް އޭގެން ލިބޭ ފައިދާއަށްވުރެން ބޮޑުކަމަށް ސެންޓަރ ފޮ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން އިން އަންގާފައިވެއެވެ.
ސީ.ޑީ.ސީ. އިން ބުނެފައިވާ ގޮތުގައި ގަނޑުކޮށްފައި ހުންނަ ކުކުޅު ކެއްކުމުގެ ކުރީން ދޮވުމަކީ ބޭކާރުކަމެއްގެ އިތުރުން އެކަމުގެ ސަބަބުން ނުރައްކާތެރި ޖާމްސްތައް ފެތުރޭކަމެކެވެ.
ސީ.ޑީ.ސީ. އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރޮލަށް ހުންނަ ކުކުޅު ނުދޮވުމަށާއި ކެއްކުމުގެ ކުރިން ދޮވުމުގެ ސަބަބުން ބަދިގޭގައި ހުންނަ ކައްކަން ބޭނުންކުރާ ސާމާނަށާއި އަދި ކާން ގެންގުޅޭ އެހެން ކާނާތަކަށްވެސް އޭގެން ނުރައްކާތެރިކަމަށެވެ.
ޔޫ.އެސް ގެ އެހެން އޯރގަނައިޒޭޝަންއަކުން މިކަމާމެދު ކޮށްފައިވާ އެހެން ޓްވީޓެއްގައި ބުނެފައިވަނީ އައިސްކޮށްފައި ހުންނަ ކުކުޅުގައި ހުންނަ ބެކްޓީރިއާއާއި ޖާމްސް ފަދަ ތަކެއްޗަކީ ދޮވެގެން ނައްތާލެވޭނެ ތަކެތި ނޫން ކަމަށާއި އަދި އެއީ ކައްކައިގެން ނައްތާލެވޭނެ ތަކެތި ކަމަށެވެ.
ކުކުޅު މަހަކީ މީހުން އެންމެ ޢާންމުކޮށް ބޭނުންކުރަމުންދާ މަހުގެ ބާވަތެއްކަން ފާހަގަކޮށް ސީ.ޑީ.ސީ އިން އިތުރަށް ބުނެފައިވަނީ ކުކުޅު ރަނގަޅަށް ރޯނުފިލުވައި ބޭނުންކުރުމުން ތަފާތު ބަލިތައް ޖެހުމަށް މަގުފަހިކުރުވާ އަދި ފުޑް ޕޮއިޒަންވާ ކަމަށެވެ. އަދިވެސް އިތުރަށް ފާހަގަކޮށްފައިވަނީ ކުކުޅު ނުކައްކާ ސިންކައްލާނަމަ އޭގައި ހުންނަ ބެކްޓިއާތައް ސިންކަށާއި އަދި ބަދިގޭގައި ގެންގެޅޭ އެހެނިހެން ތަކެއްޗާ ހަމައަށް އެ ބެކްޓީރިއަތަށް ވާޞިލުވާ ކަމަށެވެ.
އެހެންކަމުން ކެއުމުގެ ކުރިން މަސްތައް ހުރީ ރަނގަޅަށް ރޯފިލާފަތޯ ޔަޤީންކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ސީ.ޑީ.ސީ އިން ފާހަގަކޮށްފައިވެއެވެ. އަދި ކުކުޅުމަސް ކޮށުމަށް ބޭނުންކުރާ ކަޓިންގް ބޯޑާއި އަދި ވަޅި ފަދަ ތަކެތި ރަނގަޅަށް ދޮވުމަށްވެސް ނަސޭޙަތްތެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް