ނ. ހެނބަދޫ އާއި ވ. ފުލިދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤު ސޮއި ކުރެއްވި އިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އާދަމް އާޒިމް އެވެ.
ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓަށް 16.94 މިލިއަން ރުފިޔާ ޚަރަދުވާ އިރު، މި ޕްރޮޖެކްޓް 350 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
ހެނބަދޫ ގޮނދުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓު 100 ދުވަސް ތެރޭގައި ނިންމަން ޖެހޭ އިރު، މި ޕްރޮޖެކްޓަށް ފަސް މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ނިންމާފަ އެވެ.
ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން 235 މީޓަރުގެ ރިވެޓްމެންޓާއި 25 މީޓަރުގެ ގްރޮއިންއެއް ގާއިމުކުރުމަށް ހަމަޖެހިފައެވެ.
ފުލިދޫ ގޮނޑުދޮށް ހިމާޔަތް ޕްރޮޖެކްޓުގެ ދަށުން 270 މީޓަރު ބްރޭކްވޯޓަރ އަދި 30 މީޓަރުގެ 7 ގްރޮއިން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކެއް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް