އެންމެ ބާރު ބޮޑުވާނެ ކަމަށް ލަފާ ކުރި ދެ ދުވަހު ރާއްޖެ އައީ 11،327 ޓޫރިސްޓުން

މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ ރާއްޖެ 11،000 އަށްވުރެ ގިނަ ޓޫރިސްޓުން އައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. މިދިޔަ ހުކުރު ދުވަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބ...

28 Dec 2020 | 08:25

މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ ރާއްޖެ 11،000 އަށްވުރެ ގިނަ ޓޫރިސްޓުން އައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ބޯޑަރު އަލުން ހުޅުވި ފަހުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ލަފާ ކުރެވެނީ މިމަހުގެ 26 އަދި 27 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދެ ދުވަހު އެއާޕޯޓަށް ބާރު ބޮޑުވާނެތީ ހިދުމަތްތައް ދިނުމަށް އެމްއޭސީއެލް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ދެ ދުވަހު ރާއްޖެއަށް 11،327 ޓޫރިސްޓުން އައިސްފައިވެ އެވެ. އޭގެ ތެރެއިން ހޮނިހިރު ދުވަހު 5،290 ޓޫރިސްޓުން އައިސްފައިވާއިރު އިއްޔެ ރާއްޖެއަށް އައިސްފައިވަނީ 6،037 ޓޫރިސްޓުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ މިދިޔަ ޖުލައި 15 ގައި އެވެ. ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 159,440 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 542,287 ޓޫރިސްޓުން އައިސްފައި ވެއެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމަކީ ރަޝިއާ، އިންޑިއާ އަދި އިނގިރޭސިވިލާތެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އެއްކޮށްހެން ހުއްޓުނު ނަމަވެސް ސަރުކާރުގެ އަމާޒަށްވި ފަސް ލައްކަ ޓޫރިސްޓުން ގެނައުމުގެ އަމާޒު ހާސިލް ކޮށްފައިވެ އެވެ. އަދި ބޯޑަރު އަލުން ހުޅުވި ފަހުން ރާއްޖެއަށް އެއް ލައްކަ ޓޫރިސްޓުން ގެނައުމުގެ އަމާޒުވެސް ވަނީ ހާސިލް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް