އާމިރު ޚާންއާއި އޭނާގެ އަންހެނުން ކިރަން, އެ ދެމަފިރިންގެ ކައިވެންޏަށް 15 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
ކައިވެންޏަށް 15 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އާމިރު ޚާން މިވަނީ ގުޖުރާތުގައި ޖަނަވާރު ގެންގުޅުމަށް މަޝްހޫރު ޕާކަކަށް އަންހެނުން ގޮވައިގެން ގޮސްފައެވެ.
އާމިރު ޚާންއާއެކު އޭނާގެ އަންހެނުންނާއި އަދި ދަރިންގެ އިތުރުން ބޮލީވުޑްގެ މަޝްހޫރުތަރި އިމްރާން ޚާންވެސް ވަނީ ބައިވެރިވެފައެވެ.
ޕާކުގެ ތެރެއިން އާމިރު ޚާންގެ ފޭނުންނާ ދިމާވުމުން އޭނާ ވަނީ އެމީހުންނާ ސަލާމްކޮށް ވާހަކަދައްކާހަދާފައެވެ.
އާމިރު ޚާންއަކީ ބޮލީވުޑްގައި ހިތްތިރިކަމަށް ވަރަށް މަޝްހޫރުވެފައިވާ ތަރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް