މާބޮޑަށް ހާސްވެ ކަންބޮޑުވަނީތަ؟ މިއޮތީ ޙައްލު

ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ކަންތައްތަކާ ވިސްނުމަކީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކުރަންޖެހިފައި އޮތް ކަމެއްކަން ޔަޤީނެވެ. މި ގޮތަށް ވިސްނުމުގައި މާ ގިނަ ވަޤުތު ހޭދަކުރެވުމުގެ ސަ...

28 Dec 2020 | 05:28

ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ކަންތައްތަކާ ވިސްނުމަކީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކުރަންޖެހިފައި އޮތް ކަމެއްކަން ޔަޤީނެވެ. މި ގޮތަށް ވިސްނުމުގައި މާ ގިނަ ވަޤުތު ހޭދަކުރެވުމުގެ ސަބަބުން ނުވަތަ ކަންކަމާ ވިސްނަންވީ މިންވަރަށްވުރެ އިތުރަށް ވިސްނުމުގެ ސަބަބުން ބައެއް ފަހަރު ކަންތައްތަކާ މާބޮޑަށް ހާސްވުމާއި ކަންބޮޑުވެ ނުތަނަވަސްވާ ހިސާބަށްދެއެވެ. މި ކަމަކީ މިއީ ވަރަށް ޢާންމު ކަމަކަށްވީ ފަދައިން މިކަމަށް ޙައްލެއްވެސް ނުހަނު ފަސޭހައިން ހޯދާލެވެން އެބައޮތެވެ. ދިރާސާތަކުން ދައްކާގޮތުގައި ހާސްވެ ކަންބޮޑުވުމަށް ހައްލުތައް ބައިވަރު އެބަހުއްޓެވެ.

ރަނގަޅުގޮތް ވާނެކަމަށް ޤަބޫލުކުރާށެވެ.

އެއްވެސް އިންސާނަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެކަން އަހަރެމެން ޤަބޫލުކުރަމުއެވެ. އެހެން ނަމަވެސް ދެރަ ކަމެއް ދިމާވުމުން ކެއްތެރިވުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ދިމާވާ ކޮންމެ އުފާވެރި ކަމަކަށް ޝުކުރުކޮށް ހަމަ އެފަދައިން ދެރަކަމެއް ދިމާވުމުންވެސް އެއީ އިމްތިޙާނެއްކަން ޤަބޫލުކޮށް ކަންތައްތައް ވާނީ ރަނގަޅަށްކަން ޤަބޫލުކުރަން ޖެހެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މިގޮތަށް ރަނގަޅު ވިސްނުން ގެންގުޅޭ މީހުން ދިރިއުޅުމުގައި ކާމިޔާބުކަމަށް ދައްކައެވެ. ކާމިޔާބޭ މިތަނުގައި މާނަކުރަނީ މީހަކު އެދޭ ހުރިހާ ކަމެއް ފުރިހަމަވާ ވާހަކައެއް ނޫނެވެ. ނަމަވެސް ކަންކަމުގައި ޙައްލު ހޯދާ ކުރިއަރައިދިޔުމަށެވެ.

އުފާވާ ކަމެއް ކޮށްލާށެވެ.

ކޮންމެ މީހަކުވެސް އެމީހަކު ވަރަށް އުފާވާ ކަހަލަ ކަންތައްތައް ހުންނާނެއެވެ. އެއްބައި މީހުން މީރު އެއްޗެއް ކައްކާލަން ބޭނުންވާއިރުގައި އަނެއްބައި މީހުން އާއިލާ މީހަކާއެކު ނުވަތަ ރައްޓެއްސަކާއެކު ބޭރަށް ގޮސްލަން ބޭނުންވެދާނެއެވެ. އެ ކަމެއް ކުރުމުން ތިމާއަށް ހިތްހަމަޖެހުން ލިއްބައިދޭ ކޮންމެވެސް ކަމެއް ކޮންމެ ދުވަހަކުވެސް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނަމާދުކޮށް އަޅުކަންތަކުގައި މަޝްޣޫލުވާށެވެ.

ނަމާދަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް އެތަށް ފައިދާއެއް ކުރާ ކަމެކެވެ. އެހެންކަމުން ތިމާއަށް ދަތިކަމެއް ކުރިމަތިވެ މާބޮޑަށް ކަންބޮޑުވާ ކަމެއް ދިމާވުމުން ނަމާދުކޮށް ހެއްދެވިފަރާތަށް އެކަމުން މިންޖުކުރައްވާތޯ ދުޢާ ދެންނެވުން ކިއެއްތޯއެވެ. ޤުރުޢާނުންނާއި ޙަދީޘުން ސާބިތުވާގޮތުގައި ނަމާދަކީ ހިތްތަކަށް ހަމަޖެހުން ލިއްބައިދޭ ކަމެކެވެ.

ކަސްރަތުކުރުން

ކަސްރަތުކުރުމަކީވެސް އެކަމުން ހަށިގަނޑަށް ނުހަނު ފައިދާ ލިއްބައިދޭ ކަމެކެވެ. އެހެންކަމުން ކަންކަމާ ހިތް ނުތަނަވަސްވަނަމަ ދުވެލަން ދިޔުން ރަނގަޅެވެ. ނުވަތަ ގޭގައި ކުރެވޭ ކަސްރަތުތައްވެސް ކުރެވިދާނެއެވެ. މޫދަށްގޮސް ފަތާލުމުކީވެސް މީހާ ނުތަނަށްވުމަށް އޮތް ޙައްލެއްކަމުގައި ތަޖުރިބާކާރުން ބުނެއެވެ.

އިރުގެ އަލި ލިބޭ ތަނަކަށް ދާށެވެ.

އިރުގެ އައްޔަކީ އޭގައި ގިނަ އަދަދެއްގެ ވިޓަމިން ޑީ ހިމެނޭ އެއްޗެކެވެ. ކުޑަކުދިން ރީނދޫވުމުން ސަލާމަތްކުރުމަށްވެސް ޑޮކްޓަރުން ލަފާދެއްވަނީ އިރުގެ އަލި ފޯރާ ހިސާބަށް އެކުދިން ނެރުމަށެވެ. ނަމަވެސް މެންދުރުގެ އެންމެ ގަދަ އަތްވެއްނޫނެވެ. ހެނދުނުގެ އަތްވާއި އަދި ހަވީރުގެ އަތްވެވެ. ހަމަ އެފަދައިން ރޭނގަޑުގެ ތަރިތައް ފެންނަ ހިސާބުގައި ވަޤުތު ހޭދަކުރުމުންވެސް ހާސްވުމާއި ނުތަނަވަސްވުމާއި މީހާ ދުރުކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް