ކިއުކަމްބާ އަކީ ރާއްޖޭގައިވެސް ވަރަށް އާންމުކޮށް ލިބެން ހުންނަ ބާވަތެކެވެ. އާދަޔާހިލާފު އަދި އެހާމެ ގިނަ ފައިދާތަކެއް އޭގައި އެކުލެވިގެންދާ ބާވަތެކެވެ.
ކިއުކަމްބާގެ 90 ޕަސެންޓަކީ ފެނެވެ. އެގޮތުން ހަށިގަނޑުގެ ހިނގުމަށް މިނެރަލްސް އާއި ވިޓަމިންސް އަކީ ކޮންމެހެން ވެސް ބޭނުންވާ އެއްޗިއްސެވެ. ހަށިގަނޑުގެ ދިރުމަށް ދުވާލަކަށް ބޭނުންވާ މިނެރަލްސް އާއި ވިޓަމިންސް އާދައިގެ ކިއުކަމްބާއަކުން ލިބެއެވެ.
ވިޓަމިން ބީގެ އެކި ވައްތަރުތައް މި އިން ލިއްބައިދޭއިރު، މި ވިޓަމިނުގެ ވައްތަރުތަކަކީ ކާބޯތަކެތިން ހަކަތަ ނުވަތަ ހަށިގަނޑަށް ބޭނުންވާ ގުލްކޯޒް އުފެއްދުމުގައި އެންމެ މުހިންމު ރޯލުތައް އަދާކުރާ ވިޓަމިންގެ ވައްތަރުތަކެވެ.
ފޯލިކް އެސިޑް އާއި ކެލްސިއަމް އަދި އަޔަން އާއި ޕޮޓޭސިއަމްގެ އިތުރުން ޒިންކާއި މެގްނީޒިއަމް އާއި ފޮސްފަރަސް ވެސް ކިއުކަމްބާ އިން ލިއްބައިދެ އެވެ.
ހަށިގަނޑުގައި ތަންކޮޅެއް ގަދަ އަށް މަސް ޖަހާފައިވާ ހިސާބުތަކުގައި އުފެދިފައި ހުންނަ ވަޅުތައް ނައްތާލައި ހަންގަނޑު އޮމާންކޮށް ސާފުކޮށްލުމަށް ވެސް ކިއުކަމްބާގެ ބޭނުން ހިފިދާނެ އެވެ. މިސާލަކަށް ފައިގެ ފަލަ މަސްގަނޑުގެ ދަށުގައި ނުވަތަ ބުޑު މަސްގަނޑުގައި ޖަހާފައިވާ ސަރުބީއަކާ ހެދި ވަޅުވަދެ ހަންގަނޑުގެ ސިފަ ހުތުރުވެފައިވާ ނަމަ އެ ތަނެއްގައި ދެ ތިން މިނެޓް ވަންދެން ކިއުކަމްބާގެ ސްލައިސްތަކެއް އުނގުޅާށެވެ.
ޕައިޓޯކެމިކަލް ނަމަކަށް ކިޔާ މާއްދާއެއް ކިއުކަމްބާގައި ހިމެނެ އެވެ. މި މާއްދާ އަކީ ދޫވެފައި އޮންނަ މަސްގަނޑާއި ހަންގަނޑަށް ތާޒާކަން ގެނެސް އޭގެ ސިފަ ބަދަލުކޮށްލަދޭ މާއްދާއެކެވެ.
އެހެންވީމާ އުމުރުން ދުވަސްވެ ހަންގަނޑުގައި ރޫޖެހި ކުރަކިވަމުންދާ ނަމަ ވެސް ކިއުކަމްބާ އަކީ ރަނގަޅު ފަރުވާ އެކެވެ.
ކިއުކަންބާގައި ހިމެނޭ ވިޓަމިން ބީ އާއި ކާބޯހައިޑްރޭޓްސް އަކީ ކަންނެތްކަމާއި ވަރުބަލިކަމާއި ލޮޑުކަން ފިލުވާލަން އެންމެ މޮޅު އަދި އެންމެ އަވަސް ފަރުވާ އެވެ.
ލޮލުގެ ކައިރީގައި ކަޅުވެފައި ހުންނަ ތަންތަން ރަނގަޅުކުރުމަށް ވެސް ކިއުކަމްބާ ބޭނުން ކުރެވިދާނެއެވެ. އެގޮތުން ކިއުކަންބާ ދެ ފޮތި ކަފާލައިގެން ދެ ލޯ މަތީގައި އަޅާލައިގެން ފަސް މިނެޓަށް ނުވަތަ 10 މިނެޓަށް އޮށޯވެލާށެވެ. ދެ ލޯ މަރާލައިގެން އޮންނައްޗެވެ. ސަބަބަކީ ކިއުކަމްބާގެ އަސަރުން ލޯ ކަރާނެތީ އެވެ.
މިއީ ލޯ ކައިރި ކަޅުވުމަށް ނެގިދާނެ ކިއުކަމްބާ ފަރުވާއެކެވެ. މީގެ އިތުރުން ގިނަ ވަގުތު ކޮމްޕިއުޓަރާއި ލެޕްޓޮޕާ އެކު މަސައްކަތްކުރާ ފަރާތްތަކަށް ވެސް ލޮލަށް އަރާމެއް ހޯދާލަން ބޭނުން ނަމަ ކިއުކަމްބާއަކުން ދެ ފޮތި ކަފާލައިގެން ދެ ލޯ މަތީގައި އަޅާލައިގެން ކުޑައިރުކޮޅަކަށް ހަމަ ނިދާލަންވީ އެވެ.
ކިއުކަންބާ އަކީ ވަރަށް ފައިދާ ހުރި އެއްޗެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް