ކަނބަލުންގެ "އަލްމަސް އެމްވީ"

ވިޔަފާރިއެއް ކުރިއަރުވައި އެކަމުގައި ދެމިހުރެވޭނީ ހަމަ ޔަޤީނުންވެސް ކެރޭ ހީވާގި އަދި މުރާލި މީހަކަށެވެ. ވިޔަފާރީގެ މައިދާނުގައި ދިމާވާ އެންމެހާ ދަތި އުނދަގޫތަކަށް ކެއްކޮށް ވަރުގަދަ އަޒުމެއްގައެވެ. މި ...

28 Dec 2020 | 03:27

ވިޔަފާރިއެއް ކުރިއަރުވައި އެކަމުގައި ދެމިހުރެވޭނީ ހަމަ ޔަޤީނުންވެސް ކެރޭ ހީވާގި އަދި މުރާލި މީހަކަށެވެ. ވިޔަފާރީގެ މައިދާނުގައި ދިމާވާ އެންމެހާ ދަތި އުނދަގޫތަކަށް ކެއްކޮށް ވަރުގަދަ އަޒުމެއްގައެވެ. މި ފަހަކުން އަހަރެމެންގެ ތެރެއިން ނިޤާބް ގެ ވިޔަފާރީގައި ސޯޝަލް މީޑީއާގައި ވިދާލި "އަލްމަސް އެމްވީ" އަކީ ހަމަ ޔަޤީނުންވެސް އަންހެންވެރިންނަށް އައު ނަމަކަށް ނުވާނެއެވެ. ދުނިޔޭގެ ހުރިހާ ހިސާބަކަށް ދިމާވި ކޮވިޑްގެ މި ޕެންޑަމިކްގެ ދުވަސްވަރުގައި 2020 ވަނަ އަހަރުގައި ފަށައިގަތް މި ވިޔަފާރިއަކީ اللهގެ ވާގިފުޅާއެކު ނުހަނު ހަލުވިކަމާއެކު ކުރިއަށްދާ ވިޔަފާރިއެކެވެ.

"އަލްމަސް އެމްވީ" އަހަރެމެންނަށް މި ސާބިތުކޮށްދިނީ ހިތްވަރާއެކު ކެރިގެން ކުރިމަތިލައިފި ކަމަކުން ކާމިޔާބު ހޯދިދާނެކެމެވެ. މަސައްކަތް ކުރަން އޮފީހަކަށް ނުދިޔަސް ގޭގައި ރައްޓެހިންނާއި އަދި އާއިލާ ކައިރީގައިވެސް ޢާމްދަނީ ހޯދޭނެ ގޮތްތައް އެބަހުރިކަމެވެ. އެގޮތުން ޒަމާނަށް އައި ބަދަލާއެކު ޓެކްނޮލޮޖީ ކުރިއަރައިގެން އައިސް އޮންލައިން ވިޔަފާރިތަކަށް އޮތް ޑިމާންޑް އިތުރުވުމުން, އޮންލައިން ވިޔަފާރިއަކީ އެންމެންވެސް އެއަށް އެންމެ ބޮޑަށް ބަރޯސާވާ އެއް ވިޔަފާރިއެވެ.

ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ "އަލްމަސް އެމްވީ" އިން ބުނެފައިވަނީ ފެހުމުގެ ވިޔަފާރި އެމީހުން ފަށާފައިވަނީ މި ހިނގާ 2020 ވަނަ އަހަރުގެ މެދުތެރޭގައިކަމަށެވެ. ނަޝާ އޭނާގެ މަންމައާއި އަދި ރައްޓެއްސަކާ އެކުވެގެން ފެށި މި ފެހުމުގެ ވިޔަފާރިން ޢާންމުގޮތެއްގައި ވިއްކާ އުޅެނީ މޫނުބުރުގާ އަޅާ ބޭފުޅުންނަށް ޚާއްޞަ އަބާޔާ އާއި އަދިވެސް އެފަދަ އެހެނިހެން ތަކެއްޗެވެ. "އަލްމަސް އެމްވީ" ގެ ޚާއްޞަ ކަމަކީ މިކަމުގައި އުޅޭ ބޭކަނބަލުންނަކީވެސް ނިޤާބް އަޅުއްވައިގެން ތިއްބަވާ ބޭކަނބަލުންކަމެވެ. މީގެ އިތުރުން ޑެލިވަރީ ތަކަށްވެސް ދާނީ އަންހެން ބޭކަނބަލުންކަމުގައި ނަޝާ ބުންޏެވެ.

ނަޝާ ބުނެފައިވާގޮތުގައި ވިޔަފާރި ފަށައިގެން މިވީ ދުވަސްކޮޅުގެ ތެރޭގައި ކަސްޓަމަރުންގެ ފަރާތުން ލިބިފައިވާ ކޮމެންޓުތަކާމެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި ގިނަ ކަސްޓަމަރުން އެއް ފަހަރު އޯރޑަރ ކުރެއްވުމަށްފަހުގައި މަސައްކަތާމެދު ހިތްހަމަޖެހުން ފައުޅުކޮށް އަނެއްކާވެސް އޯޑަރދެއްވާކަމުގައެވެ. އަބަދުވެސް ފަހައިދޭނެކަމަށް ބުނާ ސުންގަޑިއަށް ފަހައި ނިންމާ އަދި ކަސްޓަމަރުންނާ އެ ތަކެތި ހަވާލުކުރަމުން އަންނަކަމުގައިވެސް ނަޝާ ބުންޏެވެ.

މީގެ އިތުރުން މިހާރުވެސް ނިޤާބް އަދި އަބާޔާ ފަދަ ތަކެތި ވިއްކަމުންދާ ބޭފުޅުންނަށް ޚާއްޞަ ޑިސްކައުންޓްތަކެއްވެސް ހަމަޖައްސާފައިވާކަމަށެވެ. އަދި "އަލްމަސް އެމްވީ" ގެ ޚިދުމަތް މިހާތަނަށް ހޯއްދަވާފައިވާ ގިނަ ކަސްޓަމަރުން ބުނެފައިވާގޮތުގައި އެމީހުންނަށްވެސް މިހާތަނަށް ގަންނަން ލިބުނު އެންމެ އަގުހެޔޮ އަބާޔާ އަކީވެސް "އަލްމަސް އެމްވީ" އިން ފޯރުކޮށްދޭ އަބާޔާ ކަމުގައެވެ.

އަންހެން ބޭކަނބަލުންގެ އަބާޔާއާއި ނިޤާބުގެ އިތުރުން މިހާރު އަޖްމަލް ޑިއޮޑްރެންޓާއި އަދި އަތަރުވެސް ވިއްކަމުންދާކަމުގައި ނަޝާ ބުނެފައިވެއެވެ. މިހާތަނަށް އަންހެން ބޭކަނބަލުންގެ ތަކެއްޗަށް ބޮޑަށް ޚާއްޞަކޮށްފައި އޮތް ނަމަވެސް ނަޝާ ބުނީ ޖެހިގެން އޮތް 2021 ވަނަ އަހަރުގައި "އަލްމަސް އެމްވީ" މިހާރަށްވުރެން ފުޅާކޮށް, ފިރިހެން ބޭފުޅުންނަށް ޚާއްޞަ ތަކެތިވެސް ވިއްކަން ނިންމާފައިވާކަމަށެވެ. މީގެ އިތުރުން މިހާރު މާލެއާއި ހުޅުމާލޭގެ އިތުރުން އަތޮޅުތެރޭގެ އޯރޑަވެސް ނަގަމުން އަދި ބޯޓުތަކަށްވެސް ޑެލިވަރީކޮށްދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް