N/A
ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން އުރީދޫ
މޯލްޑިވްސް އިން ވަނީ 24 ގަޑިއިރު ހިލޭ ލަންކާއަށް ކޯލް ކުރުމުގެ ފުރުސަތު ދީފަ އެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި މިއީ މި ދަނޑިވަޅުގައި
އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ
ގޮތުން ހުޅުވާލި ފުރުސަތެކެވެ.
އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރަށް ކޮންމެ ކޯލް ސެޝަނެއްގެ
ފުރަތަމަ ފަސް މިނެޓު މުޅިން ހިލޭ ކަސްޓަމަރުންނަށް ސްރީ ލަންކާއަށް ގުޅޭނެ ކަމުގައި
އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި
މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް