ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ 14 މީހުން

އިއްޔެގެ 18:00 އިން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ރާއްޖެ އިން އިތުރު 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއ...

28 Nov 2020 | 17:33

އިއްޔެގެ 18:00 އިން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ރާއްޖެ އިން އިތުރު 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 8 މީހުންނާއި ރިސޯޓުތަކުން 3 މީހުން އަދި އަތޮޅުތެރެއިން 2 މީހެކެވެ.

މިއަދު ބައްޔަށް 14 މީހުން ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 12،947 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 11،781 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 46 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 92 މީހުންނެވެ.

މިއަދަކީ ޖުލައި މަހުގެ 08 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް