ރަށް ފަޅު ހުރާގައި ބިދޭސީންތަކެއްގެ މެދުގައި ހަމަނުޖެހުން ހިންގައިފި

ކ. ރަށް ފަޅު ހުރާގައި ބިދޭސީންތަކެއްގެ މެދުގައި ހަމަނުޖެހުން ހިންގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. އެ ރަށަކީ ރިސޯޓެއް ތަރައްގީ ކުރަމުންދާ ރަށެވެ. އެ ރަށުގައި ހަމަނުޖެހުން ހިނގީ ހަތަރު ...

28 Nov 2020 | 12:44

ކ. ރަށް ފަޅު ހުރާގައި ބިދޭސީންތަކެއްގެ މެދުގައި ހަމަނުޖެހުން ހިންގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެ ރަށަކީ ރިސޯޓެއް ތަރައްގީ ކުރަމުންދާ ރަށެވެ. އެ ރަށުގައި ހަމަނުޖެހުން ހިނގީ ހަތަރު ބިދޭސީންގެ މެދުގައި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މާރާމާރީގެ ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 1:30 ހާއިރު ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލަ އާއި ގުޅިގެން އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި އެ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އާއި ސްރީލަންކާ މީހުންނެވެ.

މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ދެމެދުގައި ހަމަނުޖެހުން ހިންގުމަކީ މިފަހަކަށް އައިސް އާންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް