ފޮޓޯ: ޔާމީން ޖަލަށްލިތާ އަހަރެއްވުމާއި ދިމާކޮށް އިދިކޮޅުން ބޭއްވި މުޒާހަރާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަމަށް ކަނޑައަޅައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ 2019 ނޮވެމްބަރު 28 ވަނަ ދުވަހު އެވެ. ރައީސް ޔާމީން ...

28 Nov 2020 | 12:33

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަމަށް ކަނޑައަޅައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ 2019 ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.

ރައީސް ޔާމީން ޖަލަށްލިތާ އަހަރެއްވުން ފާހަގަކުރުމަށް އިދިކޮޅު ކޯލިޝަން ޕީޕީއެމް/ ޕީއެންސީ އިން ވަނީ ރައީސް ޔާމީނަށް ނުހައްގުން އަދަބު ދިނުން ހުއްޓާލައި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ މިއަދު މުޒާހަރާކޮށްފައި އެވެ. މި މުޒާހަރާ ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވާފައިވާ އިރު މާލޭގައި މުޒާހަރާ ބޭއްވުމުގެ ބަދަލުގައި މާލެއިން ދޯނިތަނުގައި މީހުން ގޮސް މުޒާހަރާ ކުރަން ތިބީ ކ. މާފުށީ ކައިރީ ކަނޑުމަތީގައި އެވެ.

ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށި ޖަލުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް