ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައުމޫނާގެ މަންމަ ނިޔާވެއްޖެ

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ މަންމަ ޖަމީލާ ހުސައިން ނިޔާވެއްޖެ އެވެ. މަރުވި އިރު ޖަމީލާގެ އުމުރަކީ 82 އަހަރެވެ. މަރުވީ ބަލިވެ އުޅުއްވާތާ ދުވަސް ތަކެއް ފަހުން މިއަދު ހެނ...

28 Nov 2020 | 10:17

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ މަންމަ ޖަމީލާ ހުސައިން ނިޔާވެއްޖެ އެވެ.

މަރުވި އިރު ޖަމީލާގެ އުމުރަކީ 82 އަހަރެވެ. މަރުވީ ބަލިވެ އުޅުއްވާތާ ދުވަސް ތަކެއް ފަހުން މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.

މައިމޫނާގެ މަންމަ އަކީ ހއ. އިހަވަންދޫ މީހެކެވެ.

ޖަމީލާ ނިޔާވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައި އެވެ.

ޖަމީލާ އަކީ ކުރީގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއުގެވެސް މަންމަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް