ކޮޅަށް ހުރެ ފެން ބުއިމަކީ ހުޅުތަކުގައި ރިއްސުމުގެ މައްސަލަ ކުރިމަތި ކުރިމަތިވާ ކަމެއް

ކޮޅަށް ހުރެ ފެން ބުއިމަކީ ގިނަ މީހުންގެ އާދައެކެވެ. އެފަހަރަކު ޖެހުނު ގޮތަކަށް އެފަހަރަކު ފެން ބޯލަނީއެވެ. ލިބޭ ގެއްލުމަކަށް ނުވަތަ ލިބޭ ފައިދާއަކަށް ބެލުމެއް ނެތިއެވެ. ސިއްޚީ މާހިރުން ލަފާދޭ ގޮތުގައި...

28 Nov 2020 | 07:57

ކޮޅަށް ހުރެ ފެން ބުއިމަކީ ގިނަ މީހުންގެ އާދައެކެވެ. އެފަހަރަކު ޖެހުނު ގޮތަކަށް އެފަހަރަކު ފެން ބޯލަނީއެވެ. ލިބޭ ގެއްލުމަކަށް ނުވަތަ ލިބޭ ފައިދާއަކަށް ބެލުމެއް ނެތިއެވެ. ސިއްޚީ މާހިރުން ލަފާދޭ ގޮތުގައި ކޮޅަށް ހުރެ ފެން ބުއިކަމީ ނުރައްކާތެރި ކަމެކެވެ. އެހެނީ ކޮޅަށް ހުރެ ފެން ބުއިމުން ދިރިއުޅުމުގައި ފަހުން އާތުރައިޓިސް ނުވަތަ ހުޅުހުޅުގައި ރިއްސުމުގެ މައްސަލަ ކުރިމަތިވެއެވެ.

ސިއްޚީ މާހިރުން ބުނާ ގޮތުގައި ކޮޅަށް ހުރެ ފެން ބުއިމުން ހަށިގަނޑުގައި ހުންނަ ފްލުއިޑްތަކަށް ބުރޫއަރައެވެ. އޭގެ ސަބަބުން ހުޅުހުޅުގައި ފްލުއިޑްތައް ގިނައިން ޖަމާވެ ހަރުލައެވެ.

މީގެ އިތުރުން ސިއްޙީ މާހިރުން ބުނާ ގޮތުގައި ކޮޅަށް ހުރެ ފެން ބުއިމުގެ ސަބަބުން ބަނޑުގެ ކައިރީގައިވާ ފަށަލައަށް ވަރަށް ބޮޑަށް ފެން ދެއެވެ. ބާރު މިނުގައި އެ ފަށަލައަށް ފެން ދިއުމަކީ ހަޖަމުކުރުމުގެ ނިޒާމަށް ދާއިމީ މައްސަލަތަކެއް ކުރިމަތިކުރުވާ، ވަރަށް ނުރައްކާތެރި ކަމެކެވެ.

ކޮޅަށްހުރެ ފެން ބުއިމުން މުޅިން އެއްކޮށް ކަރުހިއްކުން ނުފިލާނެއެވެ. އިތުރަށް ފެން ބޯ ހިތްވާނެއެވެ. އެހެންކަމުން ތަނެއްގައި އިށީނދެގެން ހުރެ މަދުމަދުން ފެން ބުއިން މާ ބުއްދިވެރިއެވެ.

އިށީނދެގެން ހުރެ ފެން ބުއިމުން ހަށިގަނޑުގެ މަސްތަކާއި ނާރުތައް ހުންނަނީ ރިލޭކްސްވެފައެވެ. އެހެންކަމުން އެހެނިހެން ކާއެއްޗެއްސާއި އެކު ފެންވެސް ހަޖަމް ކުރުމަށް ނާރުތަކަށް ފަސޭހަވެގެންދެއެވެ.

ކޮޅަށްހުރެ ފެން ބުއިމަކީ ކިޑްނީ އިން ފެން ފިލްޓާ ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އަޅާ ކަމެކެވެ. އެގޮތުން ބައެއް ހަޑިއެއްޗެހި ކިޑްނީ އާއި ބްލެޑާގައި ބާކީވެފައި ހުރެއެވެ. އޭގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ޖެހި ކިޑްނީއަށް ދާއިމީ ގެއްލުން ލިބެއެވެ.

އާޔުރްވޭދާ ގައި ވެސް ބުނެފައި ވަނީ ފެން ބޯން ޖެހޭނީ މަޑުމަޑުން އަދި މަދުމަދުން ކަމަށެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ހުންނަ އެސިޑްތައް އެކަށީގެންވާ މިންވަރަށް ފެނާއި އެކުވެ ޑައިލިއުޓްވެގެން ދެއެވެ.

ކޮޅަށް ހުރެ ފެން ބުއިމުން ކާއެއްޗެހި ދާ ހޮޅިއަށް ވަރަށް ބޮޑަށް ބާރުކުރެއެވެ. އޭގެ ސަބަބުން ބަނޑާއި އީސޯފެގަސް ގުޅުވާލަދޭ ސްފިންކްޓާ އަށް ބުރޫއަރައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެސިޑްތައް ކަރުން އަރާގޮތްވެ، މެއިން ދިލަނަގައެވެ.

ކޮޅަށް ހުރެ ފެން ބުއިމުގެ ސަބަބުން ހަށިގަނޑުގެ ނާރުތަކަށް ވަރަށް އުނދަގޫވެއެވެ. އޭގެ ބަދަލުގައި އިށީނދެގެންހުރެ ފެން ބުއިމުން ނާރުތައް ރިލޭކްސްވެގެން ދެއެވެ. އޭގެ ސަބަބުން ހިއްސުތަކަށް ފަސޭހަވެ، ހަޖަމުކުރުމުގެ ނިޒާމަށް ފަސޭހަކަމެއް ލިބިގެންދެއެވެ.

ކަން މިހެން ހުރިއިރު، ސިއްޚީ މާހިރުންގެ މި އިރުޝާދުތަކަށް ވިސްނައިގެން އަމަލުކުރުން މުހިންމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް