ޑޭކެއާ ސެންޓަރުތައް ހުޅުވޭނީ ގައިޑްލައިނާއި އެއްގޮތަށް ހުރި ނަމަ: އެޗްއީއޯސީ

ކޯވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ޑޭކެއާ ސެންޓަރުތައް ހުޅުވުމުގެ ހުއްދަ ދޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ހުރި ތަންތަނަކަށް ކަމަށް ހެލް...

28 Nov 2020 | 05:56

ކޯވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ޑޭކެއާ ސެންޓަރުތައް ހުޅުވުމުގެ ހުއްދަ ދޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ހުރި ތަންތަނަކަށް ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ޑޭކެއާ ސެންޓަރުތައް ހުޅުވުމުގެ ހުއްދަ އެޗްއީއޯސީން ދީފައިވަނީ މިމަހުގެ 30 ވާ ހޯމަ ދުވަހުން ފެށިގެންނެވެ. ޖެންޑާ މިނިސްޓްރީން ބުނީ ޑޭކެއާ ސެންޓަރުތަކުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރޭތޯ އެޗްޕީއޭ އާއި އެ މިނިސްޓްރީ ގުޅިގެން ބަލަހައްޓަމުންދާނެ ކަމަށެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ޑޭކެއާ ސެންޓަރުތަކުގެ ތެރެއިން އެ ދުވަހު ހުޅުވުމުގެ ހުއްދަ ދީފައިވާނީ ގައިޑްލައިން ފެތޭ ތަންތަނަކަށް ކަމަށެވެ. ޑޭކެއާ ސެންޓަރަކީ ވަރަށް ތުއްތު ކުދިންވެސް ގެންދާ ތަނަކަށްވުމުން އެތަންތަނުގެ ރައްކާތެރިކަމަށްޓަކާއި ޚާއްސަ ގައިޑްލައިންތަކެއް ހެދިފައިވާކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައިޑްލައިނާ އެއްގޮތަށް ސެންޓަރުތަކުގައި އިންތިޒާމް ހަމަޖައްސާފައިވޭތޯ ބަލާނީ ޖެންޑާ މިނިސްޓްރީން ކަމަށެވެ.

https://twitter.com/MoGFSSmv/status/1331978037575892994

ކޯވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު އެއްވުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް އެޗްއީއޯސީން ދަނީ ލުއި ދެމުންނެވެ. އެގޮތުން މާލޭގެ ޕާކުތަކާއި މީހުން އެއްވެ އުޅޭ ތަންތަނުގެ އިިތުރުން ދާރުލް އާސާރުތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފައި އެވެ.

އަދި މާލޭގައި އެއްފަހަރާ އާންމު ތަންތަނުގައި އުޅޭ މީހުންގެ އަދަދު ފަހަކުން 15 އަށް ވަނީ އިތުރުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް